(1 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެމީހުންނަށް ކުރެވޭހާވެސް ކަމަކީ ހަޑިހުތުރުބަސްތައް ގޮވަމުން ދިޔުމެވެ.
"މައިބާޕް! މި މީހުން ހާދަ ހަޑިހުތުރު އެއްޗެއްސެއް އެބަގޮވަޔޭ...." ބިއްލާ އެމީހުންގައިގައި ތަޅަމުން ގޮވާލިއެވެ.
"އެމީހުން ބޭނުންވެގެން އުޅެނީ ހޮސްޕިޓަލަށް ދާން" އަނާ ބިއްލާއާ ދިމާއަށް ގޮވާލިއެވެ. ކަންބޮޑުވެނުލައްވާ...... އަޅުގަނޑު އެ މީހުން އެ ތަނަށް ފޮނުވާދޭނަން. އަދި އެއީ ވެސް ދެވަނަފަހަރަށް މިތަނަށް ނާދެވޭގޮތަށް"
އަނެއްކާވެސް ބިއްލާގެ އެތިފަހަރުތައް ވަރުގަދަކޮށްފިއެވެ.
ކުއްލިއަކަށް...އޭގެތެރެއިން އެކަކު ރިވޮލްވަރު ނަގައިފިއެވެ. އަދި ބިއްލާއާ ދިމާއަށް ދިއްކޮށްލައިފިއެވެ. އެވަގުތު އަނާ ހަޅޭއްލަވައިގަތެވެ.
"ބިއްލާ... ތިއޮއްބަޑިޖަހަނީ އަވަހަށް އުންޑައިން ސަމާލަތްވޭ" ބިއްލާ ތެޅުން ހުއްޓާލާފައި ހިމޭންވެއްޖެއެވެ. އަދި ރިވޮލްވަރު ހިފައިގެންހުރި މީހާއާދިމާއަށް ކަޅިއަޅާލިއެވެ. އޭރު އަނެއް މީހާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އޭނާ އުޅެނީ ނުތެދުވެވިގެންނެވެ.
"އަހަރެން ކަލޭ ގަޔަށް ބަޑިޖަހާފާނަން..." ރިވޮލްވަރް ހިފައިގެން ހުރި މީހާ ބިއްލާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.
ބިއްލާ ހީނގަތެވެ. އޭނާގެ އެހީގަނތުމުގައިވެސް ވަނީ ލޭބޮވައިގެންފައިވުމުގެ އަސަރެވެ. އޭނާ ކަޅީޖަހާވެސް ނުލާ އެ ރިވޮލްވަރާ ދިމާއަށް ބަލަމުން ގެންދިޔައެވެ. އަނެއްކޮޅުން އަނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ތުރުތުރު އަޅާގޮތްވަނީއެވެ.
ޚާންއާޞިފާ ދަރްދަނާބޭގަމް އަދި ޢާޝީވެސް މި ހަޅޭކުގެ އަޑުއިވިގެން އެ މީސްމީހުންގެ ކޮޓަރިން ނުކުމެ މި ބިރުވެރި މަންޡަރު ބަލަން ހިމޭންކަމާއެކު ތިއްބެވެ.
"މިހިރަ އޫރުގެ ދަރިޔާ! ނިކަން ބަޑިޖަހާބަލަ ބިއްލާގެ މެއަށް ވަންނަވަރުގެ އުންޑައެއް އަދި ހެދިފައެއް ނެތް"
"ހުއްޓާލާ....އަންވަރު!" ޚާންއާޞިފް ހަޅޭއްލަވައިގަތެވެ. ހީވަނީ އެ ރިވޮލްވަރު ހިފައިގެންހުރި މީހާއަށް ކިޔަނީ އަންވަރު ހެންނެވެ.
"ޚަބަރުދާރު! އަހަރެން ކައިރިއަށް އައިސްގެން ނުވާނެ ޚާން!" އަހަރެން މި ބުނަނީ އެއްނު ބަޑިނުޖަހާށޭ" ޚާންއާޞިފް އެ މީހާއާ ކައިރިވަމުން ބުންޏެވެ.
ނަމަވެސް....
އަންވަރު ރިވޮލްވަރުގެ ޓްރިގަރް ދަމާލައިފިއެވެ. އަދި ރިވޮލްވަރާ ދިމާއަށް ކަޅިޖަހާ ނުލާ ބަލަން ހުރި ބިއްލާ ކުއްލިއަކަށް ގުދުވެއްޖެއެވެ. ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު ވައިގެތެރެއަށް އަރައިގެން ދިޔައެވެ. ރިވޮލްވަރުން ނުކުތް އުންޑަ ބިއްލާގެ ބޯ މަތިންލާފައި ހިނގައްޖެއެވެ. ދެން އަނެއްފަހަރު ރިވޮލްވަރުގެ ޓްރިގަރް ދަމާނުލެވިއުޅެނިކޮށް ވިދާލި ވިދުވަރެއްހެން ބިއްލާ ފުންމައިގެންގޮސް އަންވަރުގެ ގައިމައްޗަށް ޖެހިގެންފިއެވެ.
އެކަމަކުވެސް ބަޑި ޖެހުނެވެ. އެއްޗެއް ގޮވިއެވެ. ނަމަވެސް މިފަހަރު އުންޑަދިޔައީ ހުސްކޮށެވެ.
ބިއްލާ އަންވަރުގެ އަތުން ރިވޮލްވަރު އަތުލައިފިއެވެ. އެކަމަކު އޭނާ ރިވޮލްވަރެއް ބޭނުމެއްނުކުރެއެވެ. އޭނާ ގޮށްމުށުން ތަޅާތަޅާ އަންވަރު ވެސް ބަލިކޮށްލައިފިއެވެ.
"ފުރާނަ ދުއްވާނުލާތި ބިއްލާ! އެ ވަރަކަށް ނުތަޅާނަން މައިބާޕް! އެހެން ބުނެފައި ބިއްލާ އަންވްރުގެ ފައިނަގައި ބިއްލާގެ ކަކޫ މަތީގައި ބައްވާފައި އޭނާގެ އަތުން ވަރަށް ބާރަށް އެ ފައިގައި ޖަހައިފިއެވެ. އެވަގުތު އަންވަރުގެ ކަރުތެރެއިން ވަރަށް ނުބައި އަޑެއް އިވިގެންދިޔައެވެ އެއާއެކު އޭނާގެ ފައިގެ ކަށިގަނޑު ބިންދައިގެން ދިޔައެވެ.
މުޅިތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ހީވަނީ މަރު އައިސްފައިވާ ހެންނެވެ. އެކަކަށް އެކަށްޗެކޭވެސް ބުނާކަށް ނުކެރެއެވެ.
އަންވަރަށް ލިބުނު ވޭނުގެ ސަބަބުން ހޭނެތިއްޖެއެވެ، އޭނާއާއެކު އަދި އަނެކަކު ވަނީ ލިބިފައިވާ ހާނީއްކަތަކުގެ ސަބަބުން ކުރީންވެސް ހޭނެތިފައެވެ. މުޅިތަނަށް ވެރިވެފައިވާ ހިމޭންކަން ނަގާލަމުން އަނާ ކުރިއަށް ޖެހިލާފައި ބިއްލާއާ ދިމާއަށް ބުންޏެވެ.
"އެ ދެ މީހުން ނަގައިގެން ގެންގޮސް ގޭޓުން ބޭރަށް އެއްލާލާފައި އާދޭ ނޫނީ މުނިސިޕަލްޓީ މީހުންނަށް ފޯނުކޮށްފައި އަންގާލާ!އޭރުން މުނިސިޕަލްޓީގެ ކުނިނަގާމީހުން އައިސް ގެންގޮސްފާނެ!"
"މައިބާޕް....ކަންތައްވަނީ ތިޔަގޮތަށް!"
ބިއްލާ އެހެން ބުނީ ވަރަށް ފިނިގޮތަކަށެވެ. ޚާން އާޞިފް ޢަޖައިބުވެފައި ހަދާނެގޮތެއްނެތިފައި މަތީ ތުންފަތުގައި ދަތްއަޅާލައިގެން ހުއްޓެވެ. ބިއްލާ ކާޑު ބަސްތާއެއް ނެގިހެން އަންވަރު ނަގާ ކޮނޑަށް ލައިގެން އަދި އަނެއް އަތުން ދެން އޮތްމީހާގެ ފައިގައި ހިފައިގެން ދަމަމުން ގޭޓާދިމާއަށް ހިނގައިގެންފިއެވެ. ކުއްލިއަކަށް ޚާންއާޞިފްއަށް ހިމޭނަކުން ނުހުރެވުނެވެ.
"މިއީ ކޮންކަހަލަ ހައިވާނުންތަކެއްތަ! އަދި މިނުލަފާ ވަޙުޝީމީހަކީ ކާކުތަ؟"
އަނާ ވަރަށް ފަރުވާކުޑަ އެކަމަކު މަޑުމައިތިރި ގޮތަކަށް ޚާންއާޞިފާ ދިމާއަށް ބަލާލާފައި ބުންޏެވެ.
"މި ނުލަފާ ވަޙުޝީ ދެމީހުން އުޅުނީ އަޅުގަނޑާ ދިމާކޮށްލަން. އަޅުގަނޑު ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނެތްނަމަވާނީ ކިހިނެއްކަންވެސް ނޭނގެ..... އެ ނުލަފާ މީހާ ބަޑިޖެހިތަން ކަލާވެސް ދެކެލައްވާނެ އެ ބަޑީގެ އުންޑަމީހެއްގެ ގަޔަށް ނޭރިކަންއެއީ ނަޞީބު އެހެންނޫންނަމަ ވީހީ ކިހިނެއްތޯ؟ ނޫން..ނޫން... ޚާންއާޞިފް... އިންސާނުން މިހާ އަގެއްނެތް އެއްޗަކަށް ވެގެންނުވާނެ، މި ގޮތަށް އިންސާނަކު ހަލާކުކޮށްލެވިގެން ނުވާނެ... އެތެއް މަރާލުމުގެ ބާރު ހިންޏަކަށްވެސް ވަނީ މާތް ﷲ ދެއްވާފައި. އާނ ދެންއޮތީ މި ވަޙުޝީ މީހާގެ ވާހަކަ. އޭނާއަކީ ބިއްލާ. ނުލަފާ ބިއްލާ. އޭނާ މިތަނަށް އައިސް އެ ހެރީ އަޅުގަނޑު ރައްކާތެރިކޮށްދީ ސަލާމަތް ކޮށްދިނުމަށް."
"ކަލާ އަހަރެން އަތުން ފަންސާސްހާސް ރުފިޔާ އަތުލީ އެ ކަހަލަ މީހަކު ކުއްޔަށް ހިފަންވެގެންދޯ؟" އަނާ ދެލޯބޮޑުކޮށްލާފައި ބުންޏެވެ.
"ތިޔަ ވާހަކަ ބިއްލާގާތުގައި ނުބުނުއްވާތި ޚާންއާޞިފް އޭނާއަޅުގަނޑަށް މައިބާޕް އޭކިޔާފައި ގޮވާއަޑު ކަލާ ނާއްސަވަނީ ދޮގެއްތޯ؟ އޭގެ މާނައަކީ އޭނާ ބުނާގޮތުން މަންމަޔާއި ބައްޕަ."
"ވަރަށްކުރިއްސުރެ އޭނާ ދަންނަންދޯ." ޚާންއާޞިފް ރުޅިއައިސްފައި ބުންޏެވެ.
“އާނ ވަރަށް ކުރީއްސުރެ އޭނާ ދަންނަން."
އަނާ އެހެން ބުނެފައި ކޮޓަރިއަށް ދާން ހިނގައިގެންފިއެވެ. އަދި ޚާންއާޞިފްވެސް ވަރަށްބާރަށް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ކޮޓަރިއަށް ވަނުމާއެކު ޚާން އާޞިފް ފޯނު އަތްގަނޑު ނަގާފައި ސުޕުރިޑެންޓް އޮފް ޕޮލިސް (އެސްޕީ)ގެ ނަންބަރާ ގުޅާލިއެވެ.
"ވާހަކަ ދައްކަނީ ޚާންއާޞިފް އެސް.ޕީ ޞާހަބު އުޅުއްވާތަ؟ ނިކަން އޭނާއާ ވާހަކަ ދެއްކޭނެގޮތް ހަދާލަދީބަލަ."
ކުޑައިރުކޮޅެއް ފަހުން އެސް.ޕީ ވާހަކަ ދައްކަން ފެއްޓީމާ ކަންނޭނގެއެވެ. ޚާން އާޞިފް އަނެއްކާ ވަރަށް ބާރަށް ބުންޏެވެ.
"ވީހާ އަވަހަކަށް ފުލުހުންގެ ދެތިން މީހުންނާއެކު މި ގެއަށް އައިސްދީބަލަ އަހަރެން ގޭޓްކައިރިން ބައްދަލު ކުރާނަން. "
މިހެންބުނެފައި އޭނާ ފޯނުގެ އަތްގަނޑު ވަރަށް ބާރަށް ބާއްވައިފިއެވެ. އަދި ކަންބޮޑުވެފައިވާ ގޮތެއްގައި ކޮޓަރިތެރޭގައި ހިނގަން ފަށައިފިއެވެ. އިރުކޮޅަކުން ބޭގަމް ދަރްދަނާ އާއި ޢާޝީ އެކޮޓަރީގެ ތެރެއަށް އަތުވެއްޖެއެވެ.
"މިވަނީ ކީއްތަ؟ ޚާން ބޭގަމް ސުވާލުކޮށްލިއެވެ. ޚާންއާޞިފް ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ.
"އެ އަންހެންކުއްޖާގެ މަރު އޭނާއަށް ގޮވަނީ، އަހަރެމެންނަށް ކުރިމަތިވެފައިވާ މަޖްބޫރީން އޭނާ ފައިދާނަގަނީ މިހާރުދެން އިސްކޮޅުނުކާ ހިސާބަށް ފެންގަނޑު މި އަރަނީ. ދެން އަހަރެންނެއްވެސް ނުހުންނާނަން. އަހަރެން އެ ނުލަފާ އަންހެން މީހާ ޖަލަށް ފޮނުވާނަން."
"އެކަމަކު...ބައްޕާ! ކުށްކުރީ ޒުމައްރަދު ދައްތަގެ ބޭބެމެން ނޫންތޯ އެމީހުން އައިސް އަނާދައްތައާ ޙަމަލާދިނީ ނޫންތޯ؟"
ޢާޝީއަށް ރޮވޭ ގޮތް ވެއްޖެއެވެ. ޚާންއާޞިފް ސިއްސައިގެން ދިޔައެވެ. ހީވަނީ ޢާޝީ ހުރިކަން އޭނާއަށް ކުރިން ނޭނގެނީ ހެންނެވެ. އެކަމަކު މިހާރު އެނގިއްޖެއެވެ. އަދި އޭނާގެ ރުޅި ވަކިން އިތުރުވެއްޖެއެވެ. ހުޅުކޮޅެއް ކަހަލަ ލޮލަކުން ޢާޝީ އާދިމާއަށް ބަލާފައި ބުންޏެވެ.
"ކަލޭ ތިޔަކިޔަނީ ކީކޭތަ؟"
"އަޅުގަނޑު މިބުނަނީ ކުށްވެރިއަކީ އަނާދައްތައެއް ނޫނެ މިއަދު މި ގޭގައި އެ ނުލަފާ ބިއްލާ ނެތްނަމަ ކަންތައްވީހީ ކިހިނެއްތޯއޭ؟ އެހެންނަމަ ކަންތައްވާނޭގޮތް ބައްލަވަން ބައްޕައަށް ހުންނެވޭނެތޯ ނުވަތަ އެގޮތް ވާން ބައްޕަ އެދިލައްވާނެތޯ؟"
"ކަލޭ މިކޮޓަރިންނުކުމޭ! އަދަބެއްނެތް ބަސްނާހާ ކުއްޖާ! ހަމަ މިހާރު މި ކޮޓަރިން ނުކުމެގެން ދޭ"!
އާޞިފް ހާން ހަޅޭއްލަވައިގަތްލެއް ބާރުކަމުން އޭނާގެ އަޑުވެސް ހަލާކުވިކަހަލައެވެ. ޢާޝީ ބިރުން ހުރެ ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ އެ ތަނުން ސީދާ ދިޔައީ އަނާ ކޮޓަރިއަށެވެ އަނާ ކައިރިއަށް ދިޔުމާއެކު ޢާޝީ އަޑުން އަޑުނަގާ ރޯން ފަށައިފިއެވެ. އޭ ބަލަ.. ބަލަ... ކީއްތަވީ! އަނާ ކަންބޮޑުވެގެން އަހާލިއެވެ.
ނަމަވެސް.... އާޝީ ހަމަ ރޮނީއެވެ. އެތައް އިރަކު ރޮއިރޮއިފައި ބުންޏެވެ.
(ނުނިމޭ)
ދެން ކިހިނެއް ވާނެބާ! ޚާން އާޞިފުގެ ނަފްސުގެ
ނުބައިފަރާތް ހޭލައިފި! ދެންހަމަނޭގޭ ވާނެގޮތެއް،
ބިއް
ލާ
އަތްދަށުވެއްޖެއްޔާ ވަރަށް ދެރަ!
ދެންވާނީ ކިހިނެއްބާ!
vaanee rangalhah emeehaa amilla ah bedheyne billa huree rangalhuvefaennu vvvreethi