(2 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އާނ އަހަރެން މިހިރީ ހަމަހޭގައި...އަދި ކަލޭވެސް ހޭއަރުވާން ބޭނުން އެ އަންހެން މީހާގަނޑު ދުނިޔޭގައި އިންހާ ހިނދަކު ކަލޭމެން އުޅެންޖެހޭނީ ރޮށިކޮޅަކަށްވެސް އެދިއެދި ތިބޭޙާލުގައި އަދި ބުނަން މިލިއަނަރ ޚާންމާޖިދު، ސަލާންޖަހަން މަގުމަތީގައި އުޅޭ ދުވަހެއްވެސް ފެނިގެންދާނެ!"
"ވިޔާނުދާ ވާހަކަތައް ނުދައްކާ! ވިސްނާ...ސިކުނޑި ބާރލާ! އަހަރެންމެ ވާހަކަތައް ވަޒަންކުރޭ ދެން އެއަށްފަހު އަންނަންއޮތް ޙާލަތާއި މިހާރު ކަންތައްހުރިގޮތާ މިކަންކަން ލަފާކުރޭ އޭރުން އަހަރެން މިތަޅަނީ ވިޔާނުދާ އަނގައެއްނޫންކަން އެނގިދާނެ. އަދި ކީއް އަހަރެން މިއުޅެނީ ކަލެއަށް ސަލާމަތްވެވެން އޮތްމަގު ދައްކައިދޭންކަން ޤަބޫލު ކުރެވިދާނެ."
މާޖިދު ވަރަށް ފަރުވާތެރިކަމާއެކު ޒުމައްރަދާ ދިމާއަށް ބަލާލިއެވެ. އަދި ބުންޏެވެ.
"ކަލޭ ރަނގަޅަށް އަރާމުކޮށްލަން ބޭނުންވަނީ ކަންނޭނގެ. އަދި މިގޭގައި ކަލެއަކަށް އަރާމެއް ނުލިބޭނެ."
"ތިޔަބުނީ އެއްޗެއްގެ މާނައަކީ ކޮބާ!" ޒުމައްރަދު ތުންހަދާލާފައި ބުންޏެވެ.
"އޭގެ މާނައަކީ ކަލޭގެ ބައްޕަގެ ގެއަށްދާށޭ!" މާޖިދު ޖެހިލުމެއްނެތި ބުންޏެވެ.
"މާޖިދު ހޭއަރާ މީ އަހަރެންގެ ގެ."
މާޖިދު ލޯބޮޑުކޮށްލާފައި އޭނާއާ ދިމާއަށް ބަލާލިއެވެ. އަދި އެއްޗެކޭ ނުބުނެ އެކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. އަނެއްކާވެސް އޭނާ މަގުމަތީގައި ދަތުރުކުރަމުންދަނީއެވެ. އަޖައިބުވާފަދަ ހާސްކަމުގެ ދުނިޔެއެއްގައެވެ. އޭނާ ކުރަންވީ ކޮންކަމެއް ކަމެއް އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ. އަނާ ބުނަމުން ދަނީ ޒުމައްރަދު ވަރިކުރާށޭއެވެ.
ދެ މީހުންކުރެ ޙައްޤުގައި ވަނީ ކާކުހެއްޔެވެ. އަނާ ހެއްޔެވެ... ނުވަތަ ޒުމައްރަދު ހެއްޔެވެ.
އޭނާގެ ސިކުނޑި ހަޅޭއްލަވައި ގަންނަކަހަލައެވެ. ސިކުނޑިއަށް ބާރުބޮޑުވެގެންގޮސް އޭނާ ދުއްވަން އިން ކާރު ހުއްޓާލައިފިއެވެ. އޭނާ އެކްސިޑެންޓެއް ވުންވެސް ވަރަށް އެކަށީގެންވެއެވެ، އެހެންވީމާ އޭނާއަށް ސަލާމަތްކަންބޮޑީ ކާރު ހުއްޓާލުމެވެ. އެތައްއިރެއް ހުއްޓާލައިގެން އިނުމަށްފަހު އަނެއްކާވެސް ކާރު ސްޓާޓްކޮށްފިއެވެ. ނަމަވެސް އޭނާ މިސްރާބުޖަހާ ފައިވަނީ ގެއާދިމާއަކަށް ނޫނެވެ. ހަމައެކަނި ކުރިއަށް ދުއްވަމުން ދަނީއެވެ. ކޮންމެވެސް ނޭނގޭ މަންޒިލަކާ ދިމާއަށެވެ.
އަދި ދެން... މާޖިދު ޒުމައްރަދު ވަރިކުރުމަށް ނިންމައިފިއެވެ. އޭނާ މިނިންމުން ގޭގައި އިއުލާން ކުރުމުން ހީވީ މުޅިގޭތެރޭގައި ހަތިޔާރުތަކެއް ގޮވިހެންނެވެ. އެންމެ ބޮޑަށް ހަޅޭއްލެވި މީހަކީ ޚާންއާޞިފްއެވެ.
އެހެންއެވީ މާޖިދު އޭނާ ވަރިކުރަން އުޅޭވާހަކަ ޒުމައްރަދު އޮތީ މާކުރިންވެސް ޚާންއާޞިފަށް އަންގާފައި ކަމަށްވާތީއެވެ.
ގަދަ ޠޫފާނަކާއި ގަދަވައެއްފަދަ ޚާންއާޞިފް އައިސް މާޖިދުގެ ކޮޓަރިއަށް ވަނެވެ. ހީވަނީ ވަރުގަދަ ބިންހެލުމެއް އައިހެންނެވެ. އޭނާ މޫނުމަތީގެ މަސްތައް ފުފެމުންދަނީއެވެ. އެމޫނުމައްޗަށް އެތައްކުލަތަކެއް އަރައި ފައިބަމުން ދިޔައެވެ.
މާޖިދު އޭނާގެ ބައްޕަ މިގޮތަށް އައިސް ކޮޓަރިއަށް ވަންތަން ދެކެފައި ހިމޭންކަމާއިއެކު އަމިއްލައަށް ކޮންޓްރޯލްވެވިގެންއިނެވެ. ޚާންއާޞިފް ކުޑައިރުކޮޅެއް ވަންދެން ހިމޭނުން ހުއްޓެވެ. އަދި މާޖިދާ ދިމާއަށް ލޯބޮޑުކޮށްފައި ބަލަމުން ގެންދިޔައެވެ.
"އިށީންނަވާ ބައްޕާ!" މާޖިދު އޭނާގެ ބައްޕައަށް އިޙްތިރާމްކުރުމުގެ ގޮތުން އިންތަނުން ތެދުވެއްޖެއެވެ. "ކަލޭ ޒުމައްރަދު ވަރިކުރަނީތަ؟"
"ލައްބަ...ބައްޕާ!"
"އެގޮތަށް ކަލޭ ތިޔަ ނިންމީ އަނާ ބުނެގެންދޯ!"
"ނޫން...އެހެނެއްނޫން..ބައްޕާ! އަޅުގަނޑު ހަމައެކަނި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތުގެ ސީރިޔަސްކަމުން ވިސްނާފައި މިގޮތަށް ނިންމީ. މޮޔަކަންތައްކުރަނީ ކީއްވެގެން ..ނިކަން ހޭއަރާބަލަ އަނާ އެއުޅެނީ އަހަރުމެން ހުރިހާ ގޮތަކުން ބަރުބާދުކުރަން އޭނާގެ ދެވަނަ ނަމަކީ އިންތިޤމް..ބަދަލުހިފުން އޭނާއަކީ ދުނިޔޭގެ އެއްވެސް ފިރިހެނަކަސް އޭގެ ތަޞައްވަރުވެސް ނުކުރެވޭފަދަ ފިނި އަދި ފޮނި ބަދަލު ހިފުމެއް އަނާއަކީ ކަތުރު ފަންޏެއް... އިންސާނުންނަށް އެ ފަނި އޭނާގެ ހަށިގަނޑުގެ ތެރޭގައި ވާކަން އެނގޭނީ ހަމައެކަނި ކައިހުސްވެ ހަލާކުވާ ހިސާބަށް ދިޔައީމާ." ޚާންއާޞިފް ހަޅޭއްލަވާ ނިމުމުން މާޖިދު އަނެއްފައިމައްޗަށް އޭނާގެ ބުރަދަން ބަދަލުކޮށްލާފައި ބުންޏެވެ،
"އަނާ އަޅުގަނޑު ޤަބޫލުކުރާނީ އަޅުގަނޑު ޒުމައްރަދު ވަރިކުރިއިރަކުން އަޅުގަނޑަށް ހީވާގޮތުގައި މިކަމުގައި އަނާ އެބުނަނީ ޙައްޤު ވާހަކައެއް."
ޚާންއާޞިފް މާޖިދާ ދިމާއަށް ކަޅިއަޅާލާފައި ބުންޏެވެ.
"ކަލޭ ތިޔަ ހުރީ ކަލޭގެ ހިއްސުތައް ނަގާލާފައޭ އަހަރެންމިބުނަނީ ތިޔަހެންވެގެން..... ކަލޭގެ ބުއްދީގެ މައްޗަށް ތިޔަވަނީ އޭނާގެ ފަރުދާއެއް އަޅުވާފައި ފިރިހެނެއްގެ ބުއްދި އަންހެނެއްގެ ބާރުގެ ދަށަށް ހިނގައްޖެނަމަ އެމީހެއްގެ ނާ އަޑިޔަށް ފެތޭކަށް މާގިނައިރެއްނުވާނެ. އޭ މިހިރަ މޮޔަ ކުއްޖާ އޭނާ ބޭނުންވަނީ ޚާންއާޞިފް ބަލިކުރަން އޭނާގެ ރޭވުންތަކާމެދު ނިކަންވިސްނާލަބަލަ އޭނާ ފުރިހަމަ އެއްއަހަރު ވަންދެން އިންތިޒާމްކުރި އަދި އޭނާގެ ރޭވުންތައް ސެޓްކުރަމުން ގެންދިޔަ އޭނާ އީމާންތެރި މޮޔަވަކީލެއް މިކަމަށްޓަކައި ހޯދި އަދިއެއީވެސް ފައިސާއަށް ނުގަނެވޭކަހަލަ މީހެއް އެވަކީލު އޭނާގެ ދަލުގައި ޖެއްސީ ޚުދް އޭނާގެ ރީތިކަން ދައްކައިގެން ފައިސާއާއި މުދަލުންވެސް ޡަނާއެއް ނުގަނެވުނު.... އަހަރެންވެސް އޭނާއަށް ބޮޑު އޮފަރެއް ދިނިން އެއިން އޭނާގެ ހަތްދަރިކޮޅަށްވެސް ކައިގެންބޮއިގެން ދިރިއުޅެވޭނެފަދަ އޮފަރެއްދިނިން..... ނަމަވެސް އޭނާ އަހަރެންގެ ހުށަހެޅުންވެސް ޤަބޫލުނުކޮށް ރައްދުކުރީ ދެން އަނާ ހޯދީ މީހުންމަރާ އަދި ޖާނު ވަރުހުރި ގުންޑާއެއް އެމީހަކީ އަނާއަށް މައިބާޕް އޭކިޔާ މީހެއް އަދި އެއީވެސް ފައިސާއަށް ވިކޭފާޑުގެ މީހެއްނޫން.... އެދެމީހުން ފިޔަވައި ފައިސާއާއި މުދަލުން ނުގަނެވޭނެ އެހެން ތިންވަނަ މީހަކު ނިކަން އަހަރެންނަށް ދައްކަބަލަ މިހެންކަން ހުރިއިރުވެސް އޭނާގެ ކަންތައް ކަލެއަކަށް ނުވިސްނޭތަ؟ އަދި އޭނާގެ ބަހަށް ކަލޭ ތިޔައުޅެނީ ޒުމައްރަދު ވަރިކުރަންތަ؟ ނޫން.... ނޫން.... މާޖިދު އެހެން ހަދައިގެން ނުވާނޭ ހޭވެރިކަން ބަހައްޓާ ކަންތައް ކުރަންވާނީ ހަމަހޭގައި ހުރެގެން އަނާ ކޮންމެހެން އަވަސްކުރާކަށް ބޭނުންމެއްނުވޭ އޭނާ ބޭނުންވަނީ ފޮނި ޒަހަރަކަށްވެގެން އަހަރުމެން އެންމެން މަރުގެ ދޮރުމައްޗަށް ގެންދިއުން އޭނާ ބުނާގޮތަކަށް ނޫންގޮތަކަށް އަހަރުމެންނަށް ނޭވާވެސް ނުލެވޭތާކަށް އަހަރުމެން ވެއްދުން އޭރުން އަހަރުމެން އެންމެން މަރުވާނީ އަދި އޭނާ ބޭނުންވާ ބަދަލުހިފުން ފުރިހަމަވެގެންދާނީ."
ޚާން މާޖިދު ހިމޭންވެއްޖެއެވެ.
"އެކަމަކު އޭނާ އެހެން ހަދަން އެއުޅެނީ ކީއްވެގެންތޯ މިގޮތަށް ކަންތައްތައް ބަދަލުވެގެން މިދިޔައީ ކީއްވެގެންތޯ." މާޖިދު ތުންދަމާލާފައި ބުންޏެވެ. ކ
"ކަލޭ ބުނަންތިޔަ އުޅޭ އެއްޗެއް އަހަރެންނަށް އިނގޭ އަހަރެންނަސް ކުރީން މިކަންތައްތައް ލަފާކުރެވުނު ގޮތް ރަނގަޅު ނޫންކަމަށް އަހަރެން އިއުތިރާފު ވަން. އެއީ އަހަރެންނަށް ކުރެވުނު ކުށެއް ނަމަވެސް މިހާރު އަހަރެން ބޭނުމީ ކުރިއަށް އޮތްތާނގައި އިތުރު ކުށެއްނުކުރަން."
"ބައްޕާ! ކަލާ އަނާއަށް ޒަހަރު ދެއްވައިގެން މަރާލައްވަން އުޅުއްވިންތޯ."
"ނޫން.... އަހަރެން އެކަހަލަ އެއްވެސްކަމެއް ނުކުރަން!"
ކަލާ ޙަޤީޤަތް ފޮރުވަނީ ބައްޕާ މާޖިދުގެ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ.
ޚާންއާޞިފް ލޯބޮޑުކޮށްލާފައި މާޖިދާ ދިމާއަށް ބަލަމުން ބުންޏެވެ. މޮޔަކުއްޖާ! އެއަންހެންމީހާ އެދޭގޮތަށް އެއްވެސް ކަމެއް ނުކުރާތި
"ކަލެއަށް އެހެން ހަދަންނުކެރިގެން ތިޔައުޅެނީ އަހަރެން މިހާރު އަހަރެންގެ ޑޮކްޓަރުގެ ރިޕޯރޓު އަހަރެންގެ ވަކީލާ ޙަވާލިކޮށްފައިވާތީ، އަދި އެއާއެކު އަހަރެން ލިޔުމެއްވެސް ދީފައި އޮންނާނެ. އޭގެ ސަބަބުން ކަލޭގެ ބައްޕަގެ ކަރުގައި ދަންޖައްސާ މަޅިގަނޑު އަޅުވާލެވޭނެ. އެހެންވީމާ ކަލޭ އަހަރެން ގަޔަށް ބަޑިޖަހާފިއްޔާ ކަލޭމެން ދެބަފައިން އެކުއެކުގައި ސީދާ ނަރަކައަށް ދާން ހަމަޖެހިގެންދާނެ. އަދި އޭގެ އިތުރަށް ކަލޭމެންގެ ހުރިހާ މުދަލެއް ޡަނާގެ ބާރުގެ ދަށަށް ދާނެ. ކަލޭގެ މަންމަޔާ ކޮއްކޮ ސަލާންޖަހަން މަގުމައްޗަށް ނުކުންނަންޖެހޭނެ. ކަލެއަށް އަހަރެން ގަޔަށް ބަޑިޖަހަން ނުކެރިގެން ތިޔައުޅެނީ އެހެންވާނެތީ."
ކުއްލިއަކަށް މާޖިދު ފުންމައިގެން ތެދުވެއްޖެއެވެ. އޭނާ ދެލޯވަނީ ރަތްވެފައެވެ. ޢަޖައިބުވާފަދަ ވަޙްޝީކަމެއް މޫނުމައްޗަށް ފެތުރިފައިވެއެވެ. އޭނާ ވާހަކަދައްކަން ފެށިއިރުހީވަނީ ލެޔަށް ފެންބޮވައިގެންފައިވާހެންނެވެ.
"ކަލޭ... ކަލެއަކީ ވަރަށް ހިލަހިތެއް ލިބިފައިވާ އަންހެނެއް ބައްޕަ އެބ ުނުއްވަނީ ހަމަމުޅިން ތެދު ކަލޭ ބޭނުންވަނީ އަހަރުމެން އެންމެން އަމިއްލައަށް މަރުވާން މަޖްބޫރު ކުރުން... މުދާތައް އަތުލައިގެންވެސް ކަލޭގެ ހިތްފުރޭވަރެއްނުވި...އަދި.."
"އެންމެމިނެޓެއް.." އަނާވެސް ކޮޅަށް ތެދުވެފައި ބުނަން ފެއްޓިއެވެ.
'އެއްޗެއް ބުނުމުގެ ކުރިން އަހަރެންނާމެދު ކަންތައްތައް ހިނގާފައިވާ ގޮތުގެ ބިރުވެރިކަން ކަލެއަށް އިޙްސާސްވެފައި އޮތުމަކީ ބޭނުންތެރިކަމެއް.ކަލޭ މިހާރު ހަނދާން ނެތުނީކަންނޭނގެ.. ކަލޭގެ ބައްޕަ ޒަހަރުދީގެން ކަލޭގެ ދަރިފުޅުވަނީ މަރާލާފައި... އަދި ކަލޭގެ އަނބިމީހާއަށް ޒަހަރުދީގެން މަރާލަން މަސައްކަތް ކުރި.... އެއަނބިމީހާއަކީ އެމީހެއްދެކެ ކަލޭ ނުލާހިކު ބޮޑަށް ލޯބިވާކަމަށް ދައުވާކުރަމުން ތިޔަދާ އަނބިމީހާ އަހަރެން އަދި ކަލޭގެ މިކަންވެސް ހަނދާންނެތުނީކަންނޭނގެ. އަހަރެންގެ ބަނޑުންވިހޭ ކަލޭގެ ދަރިފުޅަކީ ނަހަލާލު ކުއްޖެއްކަމަށްވެސް އޭނާ ވަނީ ހަދާފައި މާޖިދު! ކަލޭ ހީކޮށްގެން ތިޔަހުރީ އަހަރެން ދިރިހުރީކަމަށްތަ! ނޫން..މާޖިދު އަހަރެންމިވަނީ މުޅީން ފުނޑުފުނޑުވެފައި، ފިސްފިސްވެފައި، އަދި ޙަޤީޤަތް ބުނަންތަ! މުއްސަނދި އިންސާނުން ސިކުނޑީގެ ގޮތުން ވަރަށް ކުޑަވާނެ."
(ނުނިމޭ)
hama varah reethi vv.shukuran