ރިސޯޓުތަކުގެ މުއައްޒަފުންނަކީ ވޯޓާ ގުޅިގެން އެކަނި ރާޑަރަށް އަރަން ޖެހޭ ބައެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
ލޭބަރ ޑޭގެ ތަހުނިޔާ ކިޔުއްވާ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ އެއީވެސް އެހެން ރައްޔިތުންހެން އެމީހުންގެ ޙައްޤުތައް ކަށަވަރުކުރެވެންޖެހޭ ބައެއް ކަމަށެވެ.
މީގެ އިތުރުން މަސައްކަތްތެރިންގެ އެންމެ އަސާސީ ޙައްޤަކީ، ވަޒީފާގެ ކަށަވަރުކަން ކަމަށާއި އެހެން ނަމަވެސް، މިއަދު މިއޮތީ، ރާއްޖޭގައި މީގެ 30 ހަކަށް އަހަރުކުރިން، އުޅުނުހެން ސަރުކާރާ ދެކޮޅަށް ޚިޔާލެއް ފާޅުކޮށްފިނަމަ، ވަޒީފާއިން ވަކިކުރާ ހިސާބަށް ކަންގޮސްފައިކަން ނާޒިމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ބަލާލި ނަމަވެސް ފެންނަނީ ހަމަ މިފަދަ ހިތާމަވެރި މަންޒަރުތަކެއް ކަމަށާއި ސިފައިންނަކީ ޤައުމުގެ ރައްކާތެރިކަން އަދި ސްޓެބިލިޓީ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސަރުކާރުތަކާއި އަދި ޕާޓީތަކުގެ ޒާތީ އަދި ނުރައްކާތެރި ސިޔާސީ ފިކުރުތަކުގެތެރެއަށް ސިފައިން ވަދެގެން ދާތަން ފެނުމަކީ އޭނާއަށް ބަލަން އުނދަގޫ މަންޒަރެއް. ކަމަށް ވެސް ވިދާޅުވިއެވެ.
އެހެނަސް މިއަދު ފެންނަމުން މިދަނީ، ސިޔާސީ ނިންމުންތައް ދިފާޢުކުރުމަކީ، ސިފައިންގެ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ހަމަޖައްސަމުންދާތަން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މިހެން ގޮސް، ދުނިޔޭގެ އެންމެ މޮޅެތި މިލިޓަރީ އެކަޑެމީތަކުން ތަޢުލީމް ޙާޞިލުކޮށްގެން ތިބި، މިލިޓަރީ އޮފިސަރުންނަކީ އަމިއްލައަށް ލަދުން އިސްޖަހާލަން ޖެހޭ ބަޔަކަށްވަނީ ހަދާފައި ކަމަށާއި މިހެން ކަންކަން ހިނގާނަމަ، ސިފައިން، އެމީހުން ކުރި ހުވާގެ މަތީގައި ޤައުމީ ޚިދުމަތުގައި ދެމިތިބޭނީ ކިހިނެއްތޯ ވަނީ ނާޒިމް ސުވާލުކުރައްވާފައެވެ.
އެމްއެންޕީގެ ރާޑަރަށް އެމީހުން ނޭރުމަކީ އެހެންމީހުން ކުރާނެކަމެއް އޮތްކަމެއްނޫނެވެ. ސަރުކާރުގެ ރާޑަރަށް އަރައިގެން ، ސާރވިސްޗާޖް ލިބޭނެމަގު ހަމަޖައްސައިފިއެވެ. ސިފައިންގެ އަގުހުންނަނީ " ޝަރުތެއްނެތި އިސްތިޢުފާދޭން " ވެރިންނަށް މަޖުބޫރުކުރުވީމަތޯއެވެ ؟ ނުވަތަ ރައީސްގެ އެސްތިޢުފާގެ ސިޓީހިފައިގެން ޕިޔޯނެއްހެން މަގުމަތީ ހިނގީމަތޯއެވެ ؟ އެމްއެންޕީގެ ރައީސް ނާޒިމާއި ދެންހުރި މީހާވެސް ވަނީ ، ސިފައިންނަށް ވަރަށް ޣައިރު ޤާނޫނީ ނަމޫނާއެއް ދައްކަވާފައެވެ. ސިފައިން ހިނގަންވީ އެމަގުންތޯއެވެ ؟ މާގިނައިން ވާހަކަ ދައްކަވަން ވެއްޖިއްޔާ ބޮލާފޮށާ އެޅިދާނެކަން ހަނދާން ނައްތައި ނުލައްވާށެވެ !