އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފެށިގެން ކުރިއަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ވާދަވެރި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރު އެވެ. އަދި ވޯޓުލުން ނިންމާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5 ޖަހާއިރު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ މި ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 57،000 އަށްވުރެ ގިނަ މެމްބަރުންނަށް ލިބިގެން ވެއެވެ.

މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި އެމް.ޑީ.ޕީން ވަނީ ބަހައްޓާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.