
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީ އިން ބުނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު 9 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ، އެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރުގައި ކަމަށް ވެސް އީސީ އިން ބުންޏެވެ.
އެ ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ސްލޯގަންއަކަށް ބޭނުންކުރަނީ މަގޭ ވިސްނުން، މަގޭ ވޯޓު ކަމަށެވެ.
މި އިންތިޚާބަށް ހޭޝްޓެގްގެ ގޮތުގައި ބޭނުންކުރާނީ visnun23# އެވެ.