އުރީދޫ އިން ޚާއްސަ ޕްލޭނެއް، ކޮންމެ ދުވަހަކު 1 ޖީބީ!

އުރީދޫ މޯލްޑިވްސް އިން 2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އަހަރީ ޑޭޓާ ޕްލޭނެއް ތައާރަފްކޮށްފިއެވެ.

ދިގު މުއްދަތަށް ބޭނުންކުރެވޭ މި ޕްރީޕެއިޑް ޕްލޭން – "އަހަރީ ޕްލޭން" ނަންގަވާ ފަރާތްތަކަށް އެންމެ 3000 ރުފިޔާއަށް 1 ޖީބީ ޑެއިލީ ޑޭޓާ، ޖުމްލަ 365 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ.

"އަހަރީ ޕްލޭން" ފަރުމާކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ އަދި ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަހަރީ ޕްލޭން ބައްލަވައިގަނެވޭނެއެވެ.

އަހަރީ ޕްލޭން އެކްޓިވޭޓް ކުރުމަށް:

  • އުރީދޫ އެޕް http://ore.do/app އަށް ޒިޔާރާތްކުރައްވާ،
  • UD365 ޖެއްސެވުމަށްފަހު 5555 އަށް އެސްއެމްއެސް ކުރައްވާ، ނުވަތަ
  • 1#*929* އަށް ޑައަލް ކުރައްވާ .

އުރީދޫއަށް އަލަށް ގުޅިވަޑައިގަންނަވައި ކަސްޓަމަރުންނަށް އުރީދޫ ފިހާރައިން ނުވަތަ އުރީދޫ ޕާޓްނަރ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އަހާރީ ޕްލޭން އެކްޓިވޭޓް ކުރެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.