ލަންކާގެ ޗީފް ޑިފެންސް ރާއްޖެއަށް ވަޑައިގެންފި

ސްރީލަންކާގެ ޗީފް ޑިފެންސް ސިލްވަރ ޝަވެންދުރާ މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ލަންކާގެ ޗީފް ޑިފެންސް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން މަރުޙަބާ ވިދާޅުވީ އެމްއެންޑީއެފް ގެ ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް  އަބްދުލް ރަހީމް އަބްދުލް ލަތީފް އެވެ.

އެހެންނަމަވެސް މި ދަތުރުފުޅުގެ ތަފްސީލެއް އަދިހާމައެއް ނުކުރެއެވެ.

ދިފާއީ ދާއިރާއިން ދެގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނައިރު، ދެގައުމުގެ ސިފައިން ގުޅިގެން އަންނަނީ ތަމްރީނުތައް ވެސް ހަދަމުން ނެވެ.

މީގެ އިތުރުން ލަންކާއާއި ރާއްޖެ އަދި އިންޑިއާގެ ސިފައިން ގުޅިގެން "ދޯސްތީ"ގެ ނަމުގައި ކޮންމެ  ކުރިއަށް ގެންދާ ތަމްރީނުތަކަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.