
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންސާނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މި ހަށިގަނޑު ފެނިފައިވަނީ ވ. އަތޮޅު ވެމްޕަރުފަޅު ހުޅަނގު އުތުރު ކަނޑުން ކަމަށެވެ.
އެ ހަށިގަނޑު ފެނިގެން ރިޕޯޓް ކޮށްފައި ވަނީ ހެންދުނު 9:03 ހާއިރު ކަމަށާއި އެ ހަށިގަނޑު މިހާރު ވަނީ ފުލުހުންގެ ލޯންޗަށް ނަގާފައި ކަމަށް ވެސް ބުނެއެވެ.
ފުލުހުން ބުނީ މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.