ޕިކްނިކް އައިލެންޑް ކުޑަގިރި މާދަމާ ނުހުޅުވާނެ

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހަދަމުންދާ ޕިކްނިކް އައިލެންޑް ކުޑަގިރި މާދަމާ ނުހުޅުވާގޮތަށް ނިންމައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ޕިކްނިކް އައިލެންޑް ހުޅުވުން ލަސްކުރީ އެ ރަށުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ހުރުމުން ކަމަށާއި އޭގެ ތެރޭގައި ފެހި ކުރުމާއި ފެސިލިޓީތައް ފުރިހަމަކުރުން ހިމެނޭ ކަމަށެވެ.

އެކަންކަންް ފުރިހަމަވުމުން ރަށް ހުޅުވާނެ ކަމަށާއި ހުޅުވާނެ ތާރީޚް އިޢުލާން ކުރާނެ ކަމަށް ވެސް ބުނެއެވެ.

ކުޑަގިރި ރަސްމީކޮށް ހުޅުވުން ކުރިންނިންމާފައި އޮތީ މާދަމާއެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދިނުމަށް ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދުފުޅުގައި ހިމެނޭ ކަމެކެވެ.

ކުޑަގިރި ހުޅުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އެރަށް ތަރައްގީ ކުރުމުގެ ބޮޑު ބައެއް ވަނީ ނިންމާފައެވެ.

އެގޮތުން އެރަށަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ސްޓެލްކޯ އިން ވަނީ ނިންމާ ޓެސްޓުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.