
ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން، 5118 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މިއަދު ވެސް ކުުރިއަށް ގެންދިޔަ ކަމަށެވެ.
އެގޮތުން ކަނޑުމަގުންނާއި، ވައިގެމަގުން 5118 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންބަލާފައިވާ ކަމަށް ބުންޏެވެ.
ވައިގެ މަގުން ކޯސްޓްގާޑުގެ ސިފައިން ވަނީ 4854 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ. އަދި ކޯސްޓްގާޑު ޝިޕް ޢާޒީއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ގުޅިގެން ވަނީ ކަނޑުމަގުން 264 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ.
އެ މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އަދިވެސް އެ މީހާ ފެނިފައެއް ނުވެ އެވެ.