މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހުން މަރުވެއްޖެ

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހުން މަރުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ މ. ސެންރޯސް ގޭގައި ހަދާފައި ހުރި ގަރާޖެއްގައި ރޭ ދަންވަރު 00:30 ކަންހާއިރު ކަމަށެވެ.

މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މި ގަރާޖުގައި ރޯވި އަލިފާންގަނޑު ގާތްގަޑަކަށް ގަޑިއިރެއްހާއިރު ފަހުން ކޮންޓްރޯލުކޮށްފައިވާއިރު، އެކަކަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުން ނެވެ.

އެމީހާގެ ހާލު ވަރަށް ސީރިއަސްކަމަށް އައިޖީއެމްއެޗާއި ހަވާލާ ދެއްވާ ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރުވެފައިވަނީ މުޅީން ވެސް ބިދޭސީން ނެވެ.

އަލިފާން ރޯވީ ވެހިކަލް މަރާމަތުކުރާ ގަރާޖެއްގަ އެވެ. އެ ސަރަހައްދުގައި އަދިވެސް ސިފައިންގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.