
އެސްޓީއޯ އިން ވިއްކާ ދަގަނޑުގެ އަގު ހެޔޮކޮށްފި އެވެ.
އެ ކުންފުނިން ބުނީ އަގު ހެޔޮކޮށްފައިވަނީ މި މަހުން ފެށިގެން ކަމަށާއި އެގޮތުން ދަގަނޑުގެ ބާވަތްތަކުން 14 ޕަސެންޓާ ހަމައަށް އަގުތަށް ދަށްކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ މާކެޓް ތެރޭގައި އަގުތައް ކޮންޓްރޯލްކޮށް އެންމެ ކުޑައަގެއްގައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯ އިން މެދުކެނޑުމެއްނެތި މަސައްކަތް ކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެވެމުން ދާއިރު، އިމާރާތް ކުރުމުގައި އެހެނިހެން ސާމާނުތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.