ރާއްޖޭގެ އިޤްތިސާދު ކުރިއަރަމުން އަންނަނީ ދުނިޔޭގެ އިޤްތިސާދީ ދުވެއްޔަށްވުރެ ހަލުވި މިނެއްގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނައަހަރުގެ ބަޖެޓު ހުށަހެޅުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ދުނިޔޭގެ އިޤްތިސާދާމެދު ދެކެނީ ބަނަކޮށް އަދި ޔަޤީންކަން ކުޑަކޮށް ކަމަށެވެ. އަދި އައި.އެމް.އެފް އިން ދެކޭ ގޮތުގައި ދުނިޔޭގެ އިޤްތިސާދު އަންނަ އަހަރު ކުރިއަރާނީ 2.7 އިންސައްތައިން ކަމަށެވެ.
މީގެ އިތުރުން، އެކި ގައުމުތަކުގައި އިންފްލޭޝަން ރޭޓް އަންނަނީ މަތިވަމުން ކަމަށާއި އެމެރިކާގެ އިންފްލޭޝަން ރޭޓް ވަނީ ވޭތުވެދިޔަ 40 އަހަރު ނުދާހާ މައްޗަށް ގޮސް، 8.2 އިންސައްތައަށް މަތިވެފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ވިލާތުގެ ގައުމުތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، ވިލާތުގެ ގައުމުތަކުގެ އިންފްލޭޝަން ރޭޓުހުރީ 9.9 އިންސައްތައިގާ ކަމަށާއި ކަންމިހެންހުރުމާއިއެކު، އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން ދަނީ އިންފްލޭޝަން ކޮންޓްރޯލްކުރުމަށް ފަހުގެ ތާރީޚެއްގައި އިންޓަރެސްޓް ރޭޓް މަތިނުކުރާ މިންވަރަކަށް މަތިކުރަމުން ކަމަށެވެ.
މީގެ އިތުރުން ތަރައްޤީވެފައިވާ ޤައުމުތަކުން މިފަދައިން އަމަލުކުރުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު ކަމަށާއި ތެލާއި ހަކަތައިގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ތެލާއި ހަކަތަ އިމްޕޯޓްކުރާ ޤައުމުތަކަށްވަނީ އިތުރު ހިރާސްތަކެއް ކުރިމަތިވެފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
"މީގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ކޮވިޑް-19ގެ ކުރީގެ ލެވެލްއަށް ދިއުމަށް އޮތް ރާސްތާވަނީ ދިގުވެފައި. ދުނިޔޭގެ އިޤްތިސާދުގައި ހުރި ގޮންޖެހުންތަކާއި، އެކި ޤައުމުތަކުގެ މާލީ ހާލަތަށްހުރި ހިރާސްތަކުގެ އަސަރު އަޅުގަނޑުމެންނާ އަވަށްޓެރި ބައެއް ޤައުމުތަކުންވެސް ފެނިއްޖެ. ނަމަވެސް، ރާއްޖޭގެ އިޤްތިސާދުގެ ވާހަކަ ތަފާތު. ރާއްޖޭގެ އިޤްތިސާދީ ކަންކަން މެނޭޖްކުރުމުގައި ރާއްޖޭގެ އިޤްތިސާދުގެ ވިންދު ދަމަހައްޓައި، ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގެ ދިރުން މަތިކުރުމަށް މަސައްކަތް ކުރެވޭ. ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި، ސިނާއަތްތަކުގެ ކުރިއެރުން 2021 ވަނަ އަހަރު ބޮޑުތަނުން އިތުރުވެފައިވޭ." މިނިސްޓަރ ވިދާޅުވި އެވެ.
2022 ވަނަ އަހަރުވެސް މި ދަނީ އެއްވާނެއްގައި މައްޗަށް ކަމަށާއި ރާއްޖޭގެ އިޤްތިސާދަށް ހުރި ހިރާސްތައް މެނޭޖްކުރަމުން، އިޤްތިސާދުގެ ކުރިއެރުން ދެމެހެއްޓޭނަމަ، ރާއްޖޭގެ އިޤްތިސާދީ ހަމަޖެހުމާއި ސިނާއަތްތަކުގެ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަން ދެމެހެއްޓޭނެކަމާމެދު އަޅުގަނޑުމެންގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.
އެހެންވިއްޔާ ކީވެރައްޔިތު ްގެއަތުގާެިންނައެތިކޮޅުނަގަންތިއުޅެނީ