ސަލާމަތީ މަޖިލިސް ފުޅާކުރުމަށް އެމެރިކާ ތާއީދުކުރާނެ: ބައިޑަން

އެމެރިކާގެ ރައީސު ޖޯ ބައިޑަން އދ.ގެ އާއްމު މަޖިލީހުގައި ވާހަކަފުޅުދައްކަވަނީ

އެފްރިކާއާއި، ލެޓިން އެމެރިކާ (ދެކުނު އެމެރިކާ) ތަފްސީލުވާހެން އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ސަލާމަތީ މަޖިލިސް ފުޅާކުުރުމަށް އެމެރިކާއިން ތާއީދުކުރާނެ ކަމުގައިި ރައީސު ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ސަލާމަތީ މަޖިލީހުން ދާއިމީ މެންބަރުންނާއި، ދާއިމީ މެންބަރުން އިތުރުކުރުމަށް އެމެރިކާއިން ތާއީދުކުރޭ." އދ. ގެ އާއްމު މަޖިލީހުގެ 77 ވަނަ ދައުރުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސު ބައިޑަން ވިދާޅުވިއެވެ.

"އަހަރުމެން މާކުރިއްސުރެ ތާއީދުކުރަމުން އަންނަ ގައުމުތަކަށް- އެފްރިކާއާއި، ލެޓިން އެމެރިކާއާއި، ކެރީބިއަންގެ ގައުމުތަކަށް ދާއީމީ ގޮނޑި ދިނުންވެސް އޭގައި ހިމެނޭނެ. މި މުހިއްމު މަސައްކަަތްކުރިއަށް ގެންދަން އެމެރިކާ އޮތީ ނިންމައިގެން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީސް ފުޅާކުރުމުގެ މައްސަލައިގެ އިތުރުން، ރައީސު ބައިޑަން ވަނީ ބައިނަލްއަގުވާމީ މަސްރަހުގައި އެމެރިކާގެ އެންމެ ބޮޑު ވާދަވެރިން ކަމުގައިވާ ރަަޝިޔާއާއި، ޗައިނާއަށް އަމާޒުކުރައްވައި ވާހަކަފުޅުދައްކަވާފައެެވެ.

އޭނާ ވަނީ ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި، އދ. ގެ ޗާޓަރާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

"ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރަކު މިވަނީ އެގައުމުގެ އަވަށްޓެރި ގައުމަށް އަރައިގެންފައި. އަދި މިނިވަން ގައުމެއް ޗާޓުން ފުހެލުމަށް މަސައްކަތްކޮށްފައި. ރަޝިޔާގެ މިއަމަލުން އެ ގައުމު ވަނީ ހުތުރުގޮތަކަށް އދ. ޗާޓަރާއި ޚިލާފުވެފައި." އޭނާ ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވިގޮތުގައި ނިއުކުލިޔާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރުދެއްވައިގެން ރަޝިިޔާގެ ރައީސު ވްލާޑިމީރް ޕުޓިން އެކުރައްވަނީ "ޒިންމާދާރުކަންކުޑަ" ކަމެކެވެ.

އެމެރިކާއާއި ޗައިނާގެ ގުޅުމަށް އިޝާރާތްކުރައްވަމުން ބައިޑަން ވިދާޅުވުމީ ޗައިނާއާއެކު "ކޯޅުމަކަށް ދާން" އެމެރިކާ ބޭނުންނުވާ ކަމުގައެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ މިދައުރުގެ ޖަލްސާގައި ވެސް ގިނަ ގައުމުތަކެއްގެ އެންމެ އިސްވެރިން ވާހަކަފުޅު ދައްކަވާފައިވާއިރު، މައިގަނޑު ގޮތެއްގައި ހުރިހާ ބޭފުޅުންވެސް އެންެމެ އިސްކަމެއް ދެއްވާފައި ވަނީ ޔުކްރޭންގައި ރަޝިޔާއިން ކުރާ ހަނގުރާމައަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.