
އެމްޓީސީސީގެ ބޮޑު ޖައްރާފާ އާއެކު ގއ. ދާންދޫ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއީ މި ޖައްރާފު ބޭނުންކޮށްގެން ހިންގާ ތަރައްގީގެ އެންމެ ފުރަތަމަ މަޝްރޫއެވެ.
މި މަޝްރޫއުގެ ދަށުން، 975،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 807 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން އަދި 555 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.