
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ވެސް ވަރަށް އަވަހަށް ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ ގައުމުގައި ފެށި “ވިޔަވަތި” ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދެން އެންމެ އަވަހަށް މުސާރައިގެ ކުރިއެރުން ލިބޭނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށެވެ.
ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށް ގެނައި އިންގިލާބީ ހެޔޮ ބަދަލަކީ ކޮންމެހެން ކުރަންޖެހޭކަން ފާހަގަކުރައްވާ ރައިސް ސާލިހު ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުން ދާއިރާއަށް ލިބޭ ކުރިއެރުން ތައުލީމީ ދާއިރާއިން ފެންނަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ އެގޮތުން ލާމަރުކަޒީ ރާއްޖޭގެ، ޖަޒީރާ ކުދި ސްކޫލުތަކުން އެ ގެނައި ބަދަލު ސާބިތުކޮށްދީފައިވާ ކަމަށެވެ.
ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖް ކަނޑައެޅިފައިވާކަމަށާއި އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ އަށް ކުރިން ނުވި އެތައް ރަނގަޅެއް މިހާރު ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީފައިވަނީ މިދިޔަ މެއި މަހުއެވެ.