
މާލެއަތޮޅު މާފުށީ ކުނިކޮށްޓަށް ޖަމާކުރެވި އެތައްދުވަހެއްވީ ކުނިފުނި ފުރަތަމަ ފަހަރަށް އެއްކޮށްހުސްކޮށް ނިމިއްޖެއެވެ.
މިކުނިތައް މާފުށިން ގެނެވޭނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށެވެ.
ގާތްގަނަޑަކަށް 900 އަށްވުރެ ގިނަޓަނުގެ އެކިބާވަތުގެ ކުނި ހިމެނޭ މިކުނިފުނި ހުސްކުރީ މިނިސްޓްރީން ވެމްކޯއާއި ހަވާލުކޮށްގެންނެވެ. މާފުށްޓަކީ މާލެއަތޮޅުގެ ސިނާއީ މުހިންމު ރަށެކެވެ. ގެސްޓުހައުސްތައް ގިނަ ރަށެކެވެ.
މާފުށިން ކުނިތައް ނަގައި ސާފުކުރުމަށް 3.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިގޮތަށް ޖަމާވެފައިވާ ކުނިފުނިތަކުގެ މާލެއަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުން ހުރި ކުނިފުނިތައް ހުސްކުރުމަށްވަނީ ހަމަޖެހިފައެވެ.