
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށާނެއެވެ.
މި ޖަލްސާތައް މި ފަށަނީ ޢާންމުކޮށް ޖަލްސާތައް ބާއްވާ ދުވަހެއްގައެއް ނޫނެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާގޮތަށް މަޖިލީހުގެ ތިންވަނަ ދައުރަކީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއް ފެށޭ ތާރީޚުން ފެށިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު ކަމަށް ވަނ ބުނެފައެވެ.
އެގޮތުގެ މަތީން ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވަނީއެވެ.
އެންމެ ފުރަތަމަ މަޖިލީހަށް ފޮނުވާނެ ބިލެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ، އެންމެފަހުން ތަސްދީގުކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ގްރީން ޓެކްސް ނެގުން މެދުކެނޑިފައިވާތީ އެ މައްސަލަ ހައްލުކުރަން ހުށަހަޅާ ބިލެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ އެ ބިލުގެ މަސައްކަތް ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިހާރު ތައްޔާރަށް އޮތް ކަމަށެވެ.