ބޮޑު ފުޅަށްގޯޅި ގައު އަތުރާ ރީތި ކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގުތަކާއި ގޯޅިތައް ސާފުކޮށް ރީތިކޮށް ބެލެހެއްޓުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިސްކަންދަރު މަގު ބިއްދޮށުގައި އޮންނަ ބޮޑު ފުޅަށްގޯޅި ގައު އަތުރާ ރީތި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއަކީ މާލޭގައި ހިތްފަސޭހަ މާޙައުލެއް ގާއިމްކުރުމަށާއި ހިނގައިބިނގައިވެ އުޅޭ މީހުންނަށް ފަސޭހަ މާހައުލެއް ކުރުމަށް ޓަކައި ކައުންސިލުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ގޯޅީގައި ގައު އަތުރައި ނިމުމުން، ގޯޅި ސާފުތާހިރުކޮށް ބޭއްވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މި ފަދަ ގޯޅިތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ. މީގެ ސަބަބުން މާލޭގެ މަގުތައް ރީތިވެ، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.