
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރާ ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމެއް ވިލަމާލެ ފަރަށް އަރައިގެން އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 14:20 ހާއިރު ކަމަށެވެ. އެ މައުލޫމާތު ވިލިމާލެ ޕޮލިސްސްޓޭޝަނަށް ލިބުމާއި އެކު ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންގެންދާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާގައި އަނިޔާވި ތިން މީހުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް މާ ބޮޑުއަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.