
ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރުމަތިލުމުގެ ފުރުސަތު މި މަހު 29 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 29 ވަނަ ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ކަމަށެވެ.
އެ ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބެއެވެ. އަދި ލިވިންގ އެލަވަންސަށް މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާ ލިބެއެވެ.
އެހެންވުމުން ސިވިލް ކޯޓުގެ ގާޒީގެ މަހު މުސާރަ ޖުމްލަ 46،650 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.