
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓް 18 ގައި ފެށުމަށް ތާވަލުކޮށްފިއެވެ.
މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާ ނިންމާލާފައިވަނި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އެ ދުވަހު ނިންމާފައިވަނީ ވެސް ތިންވަނަ ދައުރުގެ ޖަލްސާތައް މި އޮގަސްޓް މަހުގެ 18 ދުވަހު ފެށުމަށެވެ.
ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވެފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ގައި ވަނީ ދެ ފެކްޝަނެއް އުފެދި ބައިބައިވެފައެވެ.
އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވެސް ރައީސް ސާލިހަށް ތާއިދު ކުރައްވާ މެމްބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ބަދަލުކޮށްފައެވެ. އަދި މިހާރު ވެސް ދަނީ ބަދަލުކުރަމުންނެވެ.