
ކުރީގެ މަޝްހޫރު ލިޔުންތެރިޔާ އަލީ ވަހީދު (ދ އަލީ ވަހީދު) ނިޔާވެއްޖެއެވެ.
އުމުރުފުޅުން 84 އަހަރުގައި އޭނާ މިއަދު ނިޔާވެފައިވާއިރު، އޭނާ ވަނީ ދިވެހި ބަހާއި ލިޔުންތެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
އުރުދޫ ބަހުގެ ވާހަކަތައް ވެސް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާ، ގިނަބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ އަލީ ވަހީދަށް ވަނީ ތަރުޖަމާކުރުމުގެ ރޮނގުން ޢާާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އެއީ 1994 ވަނަ އަހަރުއެވެ.
މީގެ އިތުރުން އަލީ ވަހީދު ވަނީ ފިލްމީ ދުވެލީގެ ނަމުގައި މަޖައްލާއެއް ވެސް ނެރުއްވާ،ހަތަރު އަހަރު ވަންދެން ޢާންމުންނަށް އެ ޚިދުމަތް ވެސް ފޯރުކޮށްދެއްވާފައެވެ.
އަލީ ވަހީދު ގެ ޖަނާޒާ ބާއްވާފައިވަނީ މިރޭ ޢިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.