ފެންފުށިން މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ޒުވާނުންގެ ތެރެއިން އެކަކު ނިޔާވެއްޖެ

ފެންފުށިން މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ޒުވާނުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ޒުވާނުން މޫދަށް ގެއްލުނީ އދ. ފެންފުށީގައި މޫދަށް ގޮސް އުޅެނިކޮށް ރާޅަކާ މޫދަށް ދަމައިގަނެގެންނެވެ.

އެ ދެ ޒުވާނުންގެ ތެރެއިން ނިޔާވެފައިވާކަމަށް މައުލޫމާތު ލިބިފައިވަނީ އުމުރުން 23 އަހަރުގެ އީސާ ޖުނާހެވެ. އެއީ ދިޔަމިގިއްޔަށް ނިސްބަތްވާ ޒުވާނެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އަނެއް ޒުވާނާގެ ވަނަވަރު އަދިވަނީ ސާފުވާގޮތް ނުވެފައެވެ.

މޫދަށް ގެއްލުނު ދެމީހުން ފެނުމާއެކު ފެންފުށީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އެ އަތޮޅު މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އެ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ބުންޔާމީން ހަސަން އާ ހަވާލާދީ 'ދުވަސް' ނޫހުގައި ބުނެފައިވަނީ އެ ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނަކު ނިޔާވެފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ޑަކުޓަރު ދެއްވާފައިވާކަމަށެވެ. އަދި ދެވަނަ ޒުވާނާއަށް ފަރުވާދެމުން އަންނައިރު ހާލަތު ސްޓޭބަލް ވަމުން އަންނަ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.