އެމްޓީޑީގެ ރައީސް އަހްމަދު އަދީބު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަހުމަދު އަދީބު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެމްޓީޑީން ކުރި ޓުވީޓެއްގައި ބުނީ އަދީބުގެ ސިއްހީ ހާލަތު ދަށްވެގެން އައިޖީއެމްއެޗް ފްލޫ ކުލިނަކަށް މިއަދު ދައްކާފައިވާ ކަމަށެވެ. އަދި ކޮވިޑަށް ޓެސްޓުކުރި އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދީބަކީ ގިނަ ބަލިތަކަށް ފަރުވާ ކުރަމުން އަންނަ ކޮވިޑުގެ ހައި ރިސްކު ފަރާތެއް ކަމަށް ވެސް އެމްޓީޑީން ބުންޏެވެ.

އެމްއެމްޕީއާރްސީ ގެ ބޮޑު ޚިޔާނާތުގެ ކުށް ސާބިތުވުމުން އަދީބު 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް އަދީބުގެ ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.