40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ވައިޓް އެލަރޓް ނެރެފި

40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ވައިޓް އެލަރޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ މާލެ އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފައިވާ ކަމަށެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އިތުރުން 13 މޭލާއި 23 މޭލުގެ ބާރު މިނުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށެވެ.

ރާއްޖެއަށް މިހާރުކުރަމުން މިދާ ވިއްސާރައިގެ ސަބަބުން މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.