
ރާއްޖެ އައި އާގުބޯޓަކުން 31 ފުޅި ބަނގުރާ އަތުލައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މި ޖޫން މަހުހެ 22 ވަނަ ދުވަހު ރާއްޖެ އައި މިފްކޯ ގެ "ޖަޒީރާ ކެރިއަރ" ނަމަކަށް ކިޔާ ބޯޓެކެވެ.
އެ އޮޕަރޭޝަން ހިންގާފައިވަނީ ބޯޓު ރާއްޖެ އައި އިރު އޭގައި ބަނގުރާ ހުރިކަމަށް ލިބުނު މައުލޫމާތެއްގެ މައްޗަށެވެ.
ނަމަވެސް އެ ބޯޓު އައީ ކޮން ބަނދަރަކުން ކަމެއް އަދި އޭގައި ތިބީ ކިތައް މީހުން ކަމެއް ވެސް ސާފުވާގޮތް އަދިވަނީ ނުވެފައެވެ.
މި ފުޅިތައް އަތުލައިގެންފައިވަނީ ކަސްޓަމްސް އާއި އެމްއެންޑީއެފް އަދި ޕޮލިހުން ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް މި މައްސަލައިގައި ފުލުހުން ވެސް އަދި ކަސްޓަމްސް އިންވެސް ތަފްސީލުތައް ހާމަ ކޮށްފައެއް ނުވެއެވެ.