މާލޭ ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރުމުގެ ސިލްސިލާ އަންނަމަހު ފަށަނީ

މާލޭ ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރުމުގެ ސިލްސިލާ އަންނަމަހު ފަށަން ނިންމައިފިއެވެ.

މާލޭ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ސިލްސިލާ އަންނަ ޖުލައި މަހު 19 ގައި ފަށާނެ ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ވެސް އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މި ބައްދަލުވުންތައް ފަށާއިރު، އެ ބައްދަލުވުމުގައި ކައުންސިލުން ރާވާފައިވާ މަސައްކަތްތައް އާންމުންނާ ހިއްސާކުރުމަށް ނިންމާފައިވާއިރު، ކައުންސިލްގެ އިދާރީ ހިންގުމަށް އަންނަ ބޮޑު ބަދަލެއް ފެނިގެން ދާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުން އިފްތިތާހު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންވެ، އެ ބައްދަލުވުމަށް ވީހާވެސް ގިނަ ރައްޔިތުން ހާޟިރުވުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު އަވަށްތަކަށް ވަކިވަކިން ބައްދަލުވުންތައް ބާއްވާފައެވެ.

އެ ބައްދަލުވުންތަކުގައި މާލެ ތަރައްގީ ކުރުމަށް ޑރ. މުއިއްޒު ޚިޔާލު ހުށަހަޅުއްވައި، ކައުންސިލްގެ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ފާހަގަ ކުރެއްވިއެވެ. އަދި އާންމުން ވަނީ އެ ބައްދަލުވުންތަކުގައި ކަންބޮޑުވުންތަކާއި ޚިޔާލު ފާޅުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.