މުހިންމު މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެއިން ކަރަންޓު ކެނޑޭނެ

މުހިންމު މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެއިން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މިއީ އެއް ވިއުގައަކުން މާލެއާއި ހުޅުމާލެ، އަދި ވިލިމާލޭގެ ކަރަންޓު ގުޅާލުމަށް ގާއިމްކޮށްފައިވާ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑްގައި ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށެވެ.

އެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:30 އާއި 7:30 އާ ދެމެދު ކަމަށާއި އެ މަސައްކަތް ކުރަމުންދާ ވަގުތު މާލޭގެ ބައެއް ހިސާބުތަކުން 10 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

މާދަމާ ކަރަންޓު ކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދާއި ނަސަންދުރަ އާއި ކާނިވާ ހިމެނޭ ސަރަހައްދާއި ޓާޓާ ފްލެޓްތައް ހުރި ސަރަހައްދު ހިމެނެއެވެ. އަދި ގަޑިބުރު ސަރަހައްދާއި މާފަންނު ފިނި ޕާކް ހިމެނޭ ސަރަހައްދާއި ދުނބުރި މިސްކިތް ހުންނަ ސަރަހައްދު އަދި މާފަންނު މަދަރުސާ ހުންނަ ސަރަހައްދު ވެސް ހިމެނެއެވެ.

މި މަސައްކަތް ކުރަމުންދާ ވަގުތު ކަރަންޓު ކެނޑުމުން ޢާންމު ރައްޔިތުންނަށް ދިމާވާނޭ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.