އާސްކް ސްޕީކަރ ގެ ފަސްވަނަ ޕްރޮގްރާމް ޖޫން 30 ގައި ބާއްވަނީ

އާސްކް ސްޕީކަރ ގެ ފަސްވަނަ ޕްރޮގްރާމް މި ޖޫން މަހުގެ 30 ގައި ފެށުމަށް ނިންމައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ ޕްރޮގްރާމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ބްރޯޑްކާސްޓިންގ މީޑިއާއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމު ފަށާނީ އެރޭ 9:00 ޖަހާއިރު ކަމަށެވެ.

މަޖިލީހުގެ ރައީސް އާ ސުވާލު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ސުވާލު ފިނުވުމުގެ ފުރުޞަތު މިހާރުހުޅުވާލާފައިވާއިރު، ސުވާލު ފޯނުން ވީޑިއޯ ކުރުމަށް ފަހު ނުވަތަ މެސެޖުކޮށްގެން ވެސް ސުވާލުކުރެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. އަދި ވަގުތުން ސުވާލުކުރަން ބޭނުންވާ މީހުން އެ މީހެއްގެ ނަމާއި ކުރަން ބޭނުންވާ ސުވާލު ޖޫން 30 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުވުމަށް ވަނީ އެދިފައެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމްތަކުގައި ރައީސް ނަޝީދު އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ ހަޔާތްޕުޅާ ގުޅޭ ސުވާލުތަކަށާއި ސިޔާސީ ކަންކަމާ އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅާ ގުޅޭ ސުވާލުތަކަށް ވެސް ގެންދަވަނީ ޖަވާބުދެއްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.