
ތ. ދިޔަމިގިލީގައި އަޅާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާއެވެ.
ތިން ސަތޭކަ މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 8،811،039.97 ( އަށްމިލިޔަން އައްލައްކަ އެގާރަ ހާސް ތިރީސް ނުވަ ރުފިޔާ، ނުވަދިހަ ހަތް ލާރި) އަށެވެ.
އަންހެނުންނަށް ވެސް ނަމާދުކުރެވޭ މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 28 ޑިސެންބަރު 2021 ގައެވެ.
365 ދުވަހުގެ ތެރޭ ނިންމަން ހަވާލުކޮށްފައިވާ މި މަސައްކަތް ނިންމަންޖެހޭ ތާރީޚަކީ 21 ޖެނުވަރީ 2023 އެވެ.