ކޮވިޑް-19 އާއި ގުޅިގެން އައި.ޖީ.އެމް.އެޗް ގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަނީ

ކޮވިޑް-19 އާއި ގުޅިގެން އައި.ޖީ.އެމް.އެޗް ގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މިގޮތަށް ނިންމީ ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސް ކުރައްވާފައިވާތީ ކަމަށެވެ.

އެހެންވެ، އެ ހޮސްޕިޓަލަށް ވަޑައިގަންނަވާ ބަލިމީހުން، އެހީތެރިން އަދި އެހެނިހެން ފަރާތްތައް މާސްކް އަޅައިގެން އުޅުއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ހަލުވިކަމާއިއެކު ފެތުރެމުންދާ މި ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާނެކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.