
ރާއްޖެއިން މަސައްކަތްކުރަނީ ކަނޑުގެ ބިޔަ ދިރުންތަކަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ގޮތެއް ބިނާކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ބަޔޯޑައިވަރސިޓީ ދުވަހާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ 78 ސަރަހައްދެއް އެބައޮތް ކަމަށާއި ރާއްޖެއިން މަސައްކަތްކުރަނީ ކަނޑުގެ ބިޔަ ދިރުންތަކަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ގޮތެއް ބިނާކުރަން ކަމަށެވެ.
"78 ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ނެޓްވޯކަކާއި ކަނޑުގެ މެގަ ޖަނަވާރުތަކަށް ކަނޑުގެ ރައްކާތެރިކަމާއެކު، ރާއްޖެއިން ވައުދުވަނީ ހުރިހާ ދިރިއުޅުމަކަށް ވެސް ހިއްސާކުރެވޭ މުސްތަގުބަލެއް ބިނާކުރުމަށް. މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑު ތަޣައްޔަރުވުމުގެ އަސަރުތައް ހައްލުކުރުމަށް އަޅުގަނޑުމެން ކުރާ ވައުދުތައް ކުރިއަށްގެންދާނަން،" ރައީސް ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ބަޔޯޑައިވަރސިޓީ ޑޭ ނުވަތަ ދިރުންތަކުގެ ދުވަހާއި ބެހޭ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހަކީ މެއި މަހުގެ 23 ވަނަ ދުވަހެވެ.
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އިން މިއަހަރުގެ ބަޔޯޑައިވަރސިޓީގެ ދުވަހަށް ޚާއްސަކޮށްފައިވާ ޝިއާރަކީ "ބިލްޑިންގ އަ ޝެއަރޑް ފިއުޗަރ ފޯ އޯލް ލައިފް" ނުވަތަ ހުރިހާ ދިރިއުޅުމަކަށް ވެސް ހިއްސާކުރެވޭ މުސްތަގުބަލެއް ބިނާކުރުމެވެ.
އެ ޝިއާރު ބޭނުންކުރަން ނިންމާފައިވަނީ ޔޫއެންއީޕީން 2020 ވަނަ އަހަރު ބޭއްވި ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮފް 2020) ސަމިޓުގައެވެ.