
ހދ. ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.
500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 11،906،881.17 ( އެގާރަ މިލިއަން ނުވަލައްކަ ހަހާސް އަށްސަތޭކަ އަށްޑިހަ އަށް ރުފިޔާ ސަތާރަ ލާރި) އަށެވެ.
މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 6 ފެބްރުއަރީ 2022ގައެވެ. 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫޢުގެ އެންމެ ފަހު ތާރީޚަކީ 06 މާޗް 2023 އެވެ.