
މެލޭޝިއާ އާއި ރާއްޖެއާ ދެމެދު އެއަރ އޭޝިއާގެ ދަތުރުތައް އަލުން ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ އެއަރ އޭޝިއާގެ ދަތުރުތައް އަލުން ފަށާފައިވަނީ އިއްޔެ ކަމަށާއި ހަފުތާއަކު ދެ ދަތުރު ކުރުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
އެއަރ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް މާޗު 2020 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ. ދަތުރުތައް ހުއްޓާލުމުގެ ކުރިން އެ އެއަރލައިނުން ކުއަލަލަމްޕޫރާއި މާލެއާ ދެމެދު އައީ ދުވާލަކު ފްލައިޓެއް ބާއްވަމުންނެވެ.
މެލޭޝިއާގެ ބޯޑަރު ހުޅުވާލީ މިދިޔަ އޭޕްރީލް މަހުއެވެ. އެ ގައުމުން މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކޮވިޑް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ވެސް ހަދާފައެވެ.