ހެޔޮ ޢަމަލު - 28

ތިބާއަށް އެނގިގެންނުވާ އެތައް ކަމަކާއި އެތައްނަމަކާއި އެތައް މަޢުލޫމާތެއް، ﷲ ވަނީ ތިބާއަށް އުނގަންނައި ދެއްވާފައެވެ. ކީރިތި ޤުރުއާނުގެ އައްނިސާ ސޫރަތުގެ 113 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَلَوْلاَ فَضْلُ ٱللَّهِ عَلَيْكَ وَرَحْمَتُهُ لَهَمَّتْ طَّآئِفَةٌ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلاَّ أَنْفُسَهُمْ وَمَا يَضُرُّونَكَ مِن شَيْءٍ وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَابَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُنْ تَعْلَمُ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيماً

"ކަލޭގެފާނުގެ މައްޗަށް ﷲ ގެ ފަޟުލުވަންތަކަމާއި، އެކަލާނގެ ރަޙުމަތް ނުވާނަމަ، ކަލޭގެފާނަށް އޮޅުވައިލުމަށް އެއުރެންގެ ތެރެއިން ބަޔަކު އުޅެފީހެވެ. ނަމަވެސް އެއުރެންގެ އަމިއްލަ ނަފްސު ތަކަށްމެނުވީ، އެއުރެންނަށް އޮޅުވައެއް ނުލެވެތެވެ. އަދި، އެއްވެސްކަމަކުން ކަލޭގެފާނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ކަލޭގެފާނަށް ﷲ، ޙިކުމަތާއި ފޮތް ބާވައިލައްވާފައި ވެއެވެ. އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. އަދި، ކަލޭގެފާނުގެ މައްޗަށް ﷲ ގެ ފަޟުލުވަންތަކަން ބޮޑުވެގެންވެއެވެ."

މަޢުލޫމާތަކީ، ކުރިމަގަށް މަގުކޮށައިދޭ ދަންމަރެކެވެ. އިންސާނާގެ ދިރިއުޅުމުގައި ކުރިޔަށްދާނެމަގު ދައްކައިދޭނީ، އިންސާނާއަށް ލިބޭ ޢިލްމާއި ޙިލްމުންނެވެ. ޢިލްމާއި ޙިލްމަކީ، ﷲ ގެ ރަޙުމަތްފުޅުން އިންސާނާ ޙާޞިލްކުރާ އެއްޗެކެވެ.

އުނގެނުމާއި އުނގަންނައިދިނުމަކީ، ހެޔޮވެގެންވާ ޢަމަލެކެވެ. ގެއްލެނިވެގެންނުވާ ހެޔޮ ކަމެކެވެ. ތިމާއަށް އެނގޭ އެއްޗެއް އަނެކާއަށް ދަސްކޮށްދިނުމަކީ، ދިރުންހުރި އުއްމީދެއްގައިވާ އިންސާނާއަށް ހެވާއި ނުބައި ވަކިކޮށްދީ، ހެޔޮމަގަށް އިންސާނާގެ ޙަޔާތް ގެންގޮސްދޭނެ ޢަމަލެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.