
ސްރީ ލަންކާގެ ރަތުމާލާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުފަށާނީ އެގައުމުގެ ޙާލަތު ރަނގަޅުވުމުން ކަމަށް ރާއްޖޭގެ ޤައުމީ އެއަރ ލައިން، މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަނުން ބުނީ އެ އެއަރޕޯޓަށް ދަތުރުތައް ދެން ފަށާނީ ހާލަތު މޮނީޓަރ ކުރުމަށްފަހު ލަންކާގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ.
ލަންކާގެ ރަތުމަލާނާއަށް މޯލްޑިވިއަންގެ ދަތުރުތައް ރޯދައަށްފަހު ފަށާނެކަން މޯލްޑިވިއަން އިން ކުރިން ވަނީ އިއުލާނުކޮށްފައެވެ.
މޯލްޑިވިއަން އިން ރަތުމަލާނާއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލީ ރޯދައަށެވެ. މެދުކަނޑާލީ ރޯދައަށްފަހު ފަށާ ގޮތަށެވެ.
ރަތުމަނާލާ ދަތުރުތައް ވަކި މުއްދަތެއް ނެތި ފަސްކުރަން މޯލްޑިވިއަން އިން ނިންމާފައިވާއިރު ލަންކާގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށްގޮސް، ސިޔާސީ މަސްރަހު ވެސް ވަރަށް ގޯސްވެ، އިންފްލޭޝަން ވަނީ ބޮޑުތަނުން މަތިވެފައެވެ.