
މިއަހަރުގެ ފިޠުރު ޢީދު ބަންދާއިދިމާކޮށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދެ ދަތުރެއް މެލޭޝިޔާގެ ކުއަލަލަމްޕޫރަށް ކުރަން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ މީގެތެރެއިން އެއް ދަތުރު ޢީދު ފެށުމުގެ ކުރިން ކުރާނެ ކަމަށާއި އަނެއްދަތުރު ޢީދު ނިމުމުގެ ކުރިން ކުރާނެކަމަށެވެ.
ދުވަސް އޮންލައިންގައި ބުނެފައިވާ ގޮތުގައި ފުރަތަމަ ފްލައިޓް އޮންނާނީ މި މަހުގެ 28ގައެވެ. އަދި ދެވަނަ ފްލައިޓް އޮންނާނީ ޢީދު ނިމުމަށްފަހު އަންނަ މަހުގެ ހަތެއްގައެވެ. އަދި މި ދަތުރު ކުރާނީ 200 މީހުންގެ ޖާގައިގެ ފްލައިޓެއްގައި ކަމަށް ވެސް ބުނެފައިވެއެވެ.
މި ދަތުރުތަކުގެ ފެށޭ އަގު ދެކޮޅަށް 399 ޑޮލަރުގައި ހުރިއިރު، 17 އޭޕްރީލް ވާ އާދީއްތަ ދުވަހުން ފެށިގެން ބުކިންގ ހެދުމަށް ހުޅުވާލާނެކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.