އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް ފެނަކައާއި އިކޮނޮމިކް މިނިސްޓްރީ އެއްބަސްވެ ސޮއި ކޮށްފި

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް ފެނަކައާއި އިކޮނޮމިކް މިނިސްޓްރީ ދެމެދު އެއްބަސްވެއްޖެއެވެ.

މިއީ ކޮވިޑް -19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ދަށުން އެޕްރެންޓިސްޝިޕް ހިންގުމަށް މިނިސްޓްރީއާއެކު އެމްއޯޔޫ ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިންނެވެ.

އެމް.އޭ.ސީ.އެލް އިން ތަމްރީނުކުރުމަށް ނިންމާފައިވަނީ އިލެކްޓްރިކަލް، ވެލްޑިންގް، ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އާއި މި ނޫންވެސް ދާއިރާތަކުން އެސިސްޓަންޓް ޓެކްނީޝަނުންނެވެ.

ފެނަކަ އިން ތަމްރީނުތައް ހިންގާނީ ވޯޓަރ ޕްލާންޓް އެންޑް ސްވަރޭޖް އޮޕަރޭޓަރސް، އިލެކްޓިރިކަލް އިންސްޓޯލޭޝަން އަދި މެއިންޓެނަންސް ދާއިރާއިންނެވެ.

މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ނީޒާ އިމާދު ސޮއި ކުރެއްވިއިރު، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ، ޖެނެރަލް މެނޭޖަރ، ގުރައިޝާ އިސްމާއީލެވެ. ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ.

މިއީ ވަޒީފާގެ ބާޒާރަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ބޭނުންވާނެ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތުތަކެއް އެފަރާތްތަކަށް ފަހިކޮށްދިނުމުގެ މަޤުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން 2012 ވަނަ އަހަރުގެ އޭޕްރިލް 21 ގައި އެޗްޑީސީ، ވެމްކޯ އަދި އެމްޓީސީސީ އާ ވެސް ވަނީ ސޮއި ކޮށްފައެވެ. މި ޕްރޮޖެކްޓުގެ ދަށުން އެޕްރެންޓިސްޝިޕް ހިންގުމަށް މިހައިތަނަށް 5 ފަރާތަކާއެކު ވަނީ އެމްއޯޔޫގައި ސޮއިކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.