ގެމަނަފުށީގައި އަޅާ ފެނަކަ އޮފީހުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

ހުވަދުއަތޮޅު އުތުރުބުރީގައި އަޅާ ފެނަކަކޯޕަރޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

އައު އޮފީސް އިމާރާތުގެ ބިންގައު އަޅުއްވައިދެއްވީ ފެނަކަކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަޢީދެވެ.

މި އިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސްއާ އެވެ. އެކުންފުންޏަށް އެމަސައްކަތް ޙަވާލުކުރައްވާފައިވަނީ މިއަހަރު ޖޫންމަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށެވެ. މިއީ 1.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢު އަފާމީއާ ޙަވާލު ކުރުމިގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެވެ.

މިއީ ޒަމާނާ އެއްގޮތަށް ރަނގަޅު ފެސިލިޓީއާ އެކު އިމާރާތް ކުރާ އޮފީހެކެވެ. ފެނަކައިން ގެންދަނީ ރަށްރަށުގައި އެކުންފުނީގެ އޮފީސް ޢިމާރާތްތައް އެޅުމުގެ އިތުރުން އިންޖީނުގެތައް ވެސް އަޅަމުންނެވެ. އެކުންފުނީގެ މިއަހަރުގެ އަމާޒަކީ 40 އިންޖީނުގެ އެކި ރަށްރަށުގައި އެޅުމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.