ފަތުރުވެރިން ރާއްޖެއަށް މިހާރު އަންނަމުންދާ އަދަދުތަކަކީ އުއްމީދު ކުރި އަދަދުތަކަށްވުރެ ދަށް އަދަދުތަކެއް: ޓޫރިޒަމް މިނިސްޓަރ

ފޮޓޯ: މިނިސްޓްރީ އޮފް ޓޫއަރިޒަމް

ފަތުރުވެރިން ރާއްޖެއަށް މިހާރު އަންނަމުންދާ އަދަދުތަކަކީ އުއްމީދު ކުރި އަދަދުތަކަށްވުރެ ދަށް އަދަދުތަކެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުޞޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އަހަރުގެ 2019އަށްވުރެ މިހާރު މި ދައްކާ ނަމްބަރު އިތުރު ކަމަށާއި އެކަމަކު އޭގެ މާނައަކީ ބޭނުންވާ ލަނޑުދަތި ހާސިލްވީކީ ނޫން ކަމަށެވެ.

" އަޅުގަނޑުމެން ބޭނުންވީ މިއަހަރުގެ ފެބްރުއަރީ، މާރޗު އަދި އޭޕްރީލް މަހު ރާއްޖެ ފުލް ހައުސް ސޯލްޓް އައުޓު އަޅުވާފައި ބާއްވަން، އެކަމަކު އެގޮތެއް ނުވި" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް އެހެން މާކެޓުތަކުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓުވެގެންދާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހައިތަނަށް 498235 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 45.3 އިންސައްތަ އިތުރު އަދަދެކެވެ.

ވަކި ވަކި ޤައުމުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސިވިލާތުން އަންނައިރު، ދެވަނަ އަށް އެންމެ ގިނައިން އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.