
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކޯލް ސެންޓަރު މިއަދު ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯ އިން ބުނީ ކޯލް ސެންތަރު ބަންދުކުރަނީ މެއިންޓެނަންސް މަސައްކަތެއް ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތަށްފަހު ހޮނިހިރު ދުވަހު ހެނދުނު ނުވަޔަކުން ފެށިގެން އަލުން ޚިދުމަތް ލިބޭނެ ކަމަށް ވެސް ވެމްކޯ އިން ބުނެއެވެ.
ވެމްކޯ އިން ބުނީ ކޯލް ސެންޓަރުގެ ޚިދުމަތްތައް މެދުކަނޑާލިނަމަވެސް ކުނި ނެގުމަށް ބަދަލެއް ނުގެނެސް ކުރިއަށްދާނެ ކަމަށެވެ.
މި ރޯދަ މަހު ވެމްކޯއިން ކުނި ނެގުމުގެ ޚިދުމަތް ދެމުން ގެންދާނީ ރޭގަނޑު 8:00 އިން ފެށިގެން ރޭގަނޑު 00:00 ގެ ނިޔަލަށެވެ.