ވެމްކޯގެ އެމްޑީއަކަށް އާދަމް މުޙައްމަދު ޢައްޔަން ކުރައްވައިފި

ވޭސްޓްމެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) މެނޭޖިންޑިރެކްޓަރަކަށް އއ. ބޮޑުފޮޅަދޫ އާދަމް މުޙައްމަދު ޢައްޔަން ކުރައްވައިފިއެވެ. އާދަމް މުޙައްމަދަކީ ސަރުކާރު ކޯލިޝަންގެ އެއްޕާތީ ކަމަށްވާ ޢަދާލަތު ޕާޓީގެ މެމްބަރެކެވެ.

ވެމްކޯގެ އެމްޑީއަކަށް އެންމެފަހުން ހުންނެވީ މުޙައްމަދު ޝިފާޢުއެވެ. ސަރުކާރުގެ ގިނަ ކުންފުނިތަކަށް މިހާރުވަނީ މެނޭޖިންޑިރެކްޓަރުން ޢައްޔަން ކުރައްވައިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް މުޙައްމަދަކީ ވިލާގައި ވެސް ގިނަދުވަހު މަސައްކަތް ކުރައްވައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.