
ރާއްޖޭން މެލޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރު ވިސާމް ޢަލީ އިސްތިއުފާ ދެއްވައިފިއެވެ.
ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ހާމަކޮށްފައިވާއިރު، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ، ވޭތުވެދިޔަ ތިން އަހަރު ދުވަހު ވިސާމް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރުގެ ގޮތުގައި ވޭތުވެދިޔަ ތިން އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ ވިސާމް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.
އޭނާ އިސްތިއުފާ ދެއްވުމުން، މެލޭޝިއާގައި ހުންނަ ހައިކޮމިޝަން ހިންގަވާނީ އެ ގައުމަށް ކަނޑައަޅާފައިވާ ޑެޕިއުޓީ ހައިކޮމިޝަނަރެވެ.
ވިސާމްއަކީ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުގައި މަޑުއްވަރީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ކަނބަލެކެވެ.