
ހަގީގަތް
މައުރަޒެއްގައި މީހަކު ކުރަހާފައި ހުރި ބޮޑު ފޮޓޯއެއް ބަހައްޓާފައި ހުއްޓެވެ. ފޮޓޯގެ ތިރީގައި ޖަހާފައި އޮތެވެ. "ހަގީގަތް ހާމަކޮށްދޭ އާދަޔާ ޚިލާފު މޮޅު ކުރެހުމެއް."
ކުރެހުމަށް ޝައުގުވެރިކަން ހުންނަ މީހަކު މައުރަޒަށް ވަދެ ފޮޓޯ ކުރެހިމީހާކުރެން އަހައިފިއެވެ. "މި ފޮޓޯއިން ހާމަކޮށްދޭ ހަގީގަތަކީ ކޮބާ؟ މީގައި ކުރަހާފައި މިހިރީ ކޯނޗެއް؟"
ކުރެހުންތެރިޔާ ބުންޏެވެ. "ކުރަހާފައި އެހެރީ ސަރުކާރުގެ އޮފީހެއްގައި ބަޔަކު މަސައްކަތްކުރާތަން."
އެމީހާ ބުނެފިއެވެ. "އެކަމަކު މި ކުރެހުމަކުން އެއްވެސް މީހަކު މަސައްކަތްކުރާ ތަނެއް ނުފެނޭ."
ކުރެހުންތެރިޔާ ބުންޏެވެ. "ހަގީގަތް ހާމަކޮށްދޭ ކުރެހުމަކަށްވީ އެހެން ވެގެން ނޫންތޯ."
އުފާވެރި ދިރިއުޅުން
އަޙްމަދު އިބްރާހީމް ގާތު ބުންޏެވެ. "އަހަރެން މީހަކާ އިނދެގެން ހޭދަވީ ފުރަތަމަ ފަނަރަ އަހަރު ދުވަހު އުޅުނީ ވަރަށް އުފާވެރި ދިރިއުޅުމެއްގައި."
އިބްރާހީމް އަހައިފިއެވެ. "އޭގެ ފަހުން ވީ ކިހިނެއް؟"
އަޙްމަދު ބުންޏެވެ. "ފަނަރަ އަހަރު ރަށުގައި އުޅެފައި އަނބިމީހާ އެނބުރި އައީ އިއްޔެ."