ރޯދަމަޖާ: ބިލު ނުދެއްކުން

ސިފަ ކިޔައިދިނުން

ނޯކަރު: ސާހިބާއެވެ. ދޮރުމަތީގައި މީހަކު އެބަހުއްޓެވެ. އޭނާ ބުނީ ސާހިބާ އޭނާއަށް ތިން ހާސް ރުފިޔާ ދޭން އޮތް ވާހަކައެވެ. ހަދަންވީ ކިހިނެއްތޯއެވެ؟

ވެރިމީހާ: އެކަހަލަ ކިތަންމެ ބަޔަކު އުޅޭނެއެވެ. ތިޔަ މީހާގެސިފަ ކިޔައިދީބަލާށެވެ.

ނޯކަރު: އޭނާގެ ސިފަ ހުރީ ހަމަ މިހާރު ފައިސާ ދޭށޭ އެހެން ނޫނީ ހަތަރެސްފައި ބިންދައިލާނަމޭ ބުނާ ގޮތަށެވެ.

ބިލު ނުދެއްކުން

ޢަލީ: އަހަރެން މީގެ ދެ މަހެއްހައި ދުވަސް ކުރިން މި ހޮޓަލުން ކެއީއެވެ. ކަލޭ ހަނދާން އެބަހުރި ހެއްޔެވެ؟

ވޭޓަރު: އާދޭހެވެ. ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

ޢަލީ: އެ ދުވަހު އަހަރެން ބިލަށް ފައިސާ ނުދެއްކީމާ މިތަނުން ކޮއްޕައި ބޭރަށްލީ ހަނދާންވެސް އެބަހުރި ހެއްޔެވެ؟

ވޭޓަރު: އާދޭހެވެ. އެކަންވެސް ހަނދާން އެބަހުއްޓެވެ. އަޅުގަނޑު މައާފަށް އެދެމެވެ.

ޢަލީ: ނޫނެކެވެ. މައާފަށް އެދޭނެ ކަމެއް ނެތެވެ. މިއަދުވެސް އެހެން ހަދާށެވެ.

މުޙައްމަދު އަމީނުގެ ސިޓީ

އަހަރެން ކުތުބުޚާނާއަށް ވަދެ ބުނެފީމެވެ. "އަހަރެން މި އައީ ވަރަށް މުހިއްމު އެއްޗެއް ބޭނުން ވެގެންނެވެ.

ލައިބްރޭރިއަން އަހައިފިއެވެ. "ކޯނޗެއްތޯއެވެ؟"

އަހަރެން ބުނެފީމެވެ. "އެއީ މުޙައްމަދު އަމީން އެމަނިކުފާނުގެ ދަރިކަނބަލުން އަމީނާއަށް ލިޔުއްވި ސިޓީއެވެ."

ލައިބްރޭރިއަން ބުންޏެވެ. "ޕޯސްޓް އޮފީސް ހުންނަނީ ޖެހިގެން އޮތް މަގުގައެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.