
މިއަދުން ފެށިގެން ތާޒާ ފެން ލިމިޓެއް ނެތި ލިބޭނޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިމިވަނީ ފުޅީގައި ބަންދުކުރި ތާޒާފެން އިއްޔެ ލިމިޓްކޮށްގެން ވިއްކުމަށްފަހުއެވެ.
މިގޮތަށް ހަދަން ޖެހުނީ ހޫނު މޫސުމާއިގުޅިގެން ރަށްރަށަށް ފެން ފޮނުވާ ޢަދަދު އިތުރުވުމުންނެވެ.
އެހެންނަމަވެސް އެމްޑަބްލިއުއެސްސީން ބުނީ ލިމިޓުކޮށްފައި އޮތް އޮތުން މިއަދު އުވާލާނެ ކަމަށެވެ.
"މިއަދުން ފެށިގެން ޢާންމު އުސޫލުން ފެން ވިއްކާނެ. އަތޮޅުތަކަށް ފޮނުވާނެ ފެން ވެސް މިހާރު ހުސްނުވެ ލިބޭނެ." އެމްޑަބްލިއުއެސްސީން ބުންޏެވެ.
ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ބައެއް ރަށްރަށުން ފެން ހުސްވެ ފެނަށް ޖެހެއެވެ.