އެމްޑަބްލިޔޫއެސްސީ އަށް ގޯލްޑް 100

ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް ދޭ "ގޯލްޑް 100" އިނާމު މިއަހަރުވެސް އެމްޑަބްލިޔޫއެސްސީން ހޯދައިފިއެވެ. މި އިނާމު އެމްޑަބްލިޔޫއެސްސީއަށް ލިބުނީ މިރޭ ކްރޮސް ރޯޑް މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ކުންފުނީގެ ފަރާތުން މި އިނާމާ ހަވާލުވެވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ.

"ގޯލްޑް 100" ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިއީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން އެންމެ ފާހަގަ ކޮށްލެވޭ ކުރިއެރުން ހޯދާފައިވާ ކުންފުނިތައް ދެނެގަތުމަށް ފަހު އެ ކުންފުނިތަކަށް އިނާމު ދިނުމަށް ބާއްވާ ޚާއްސަ ހަފުލާއެކެވެ. އިނާޟު ދެނީ ވަނަ ހޮވާފައެއް ނޫނެވެ. އިނާމަށް ކުންފުނިތައް ހޮވަނީ އެކަމަށް ކަނޑައަޅާ ޚާއްސަ ކޮމިޓީއަކުންނެވެ. އިނާމު ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި  ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ވިޔަފާރި ހިންގާ ފުޅާމިނާއި ކާމިޔާބު އީޖާދުތައް އެ ކުންފުންޏަކާ ގުޅޭ ދާއިރާއިން ތައާރަފުކުރި މިންވަރާއި އިޖްުތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތް ކޮށްފައިވާ މިންވަރު ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.