
ކޮވިޑް-19 އަށް ޕޮޒިޓިވް ސާމްޕަލްތައް ޕޮޒިޓިވްވީ ކޮން ވޭރިއަންޓަކުން ކަން ދެނެގަނެވޭނެ މެޝިނެއް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކުރި ޖީން ސީކުއެންސިން މެޝިނަކީ ރާއްޖޭގެ ޕަބްލިކް ސެކްޓަރ ގައި ގާއިމް ކުރުމަށް ހަދިޔާކުރި މެޝިނެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި އުޅޭ ވޭރިއަންޓްތައް ދެނެގަތުމަށް ސާމްޕަލްތައް މިހައިތަނަށް ފޮނުވަމުން އައިސްފައިވަީ އިންޑިއާއަށެވެ.
މިއަހަރު ކުރީކޮޅު ކޮވިޑް-19ގެ ހާލަތު ގޯސްވެގެން ދިޔައިރު، ރާއްޖޭގައި ޖީން ސީކުއެންސިން ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ދިޔައީ ބުނަމުންނެވެ.