
ދިވެހިރާއްޖޭގެ ޞިއްޙީ ވަޒީރުކަމުގެ މަގާމު ކެރަފާ އަޙްމަދު ނަސީމަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު ކަމުގެ މަގާމުގެ ފަތްކޮޅު އަޙްމަދު ނަސީމަށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ކެރަފާ އަޙްމަދު ނަސީމު ޞިއްޙީ ވަޒީރުކަމާ ހަވާލުވެ ވަޑާއިގަތުމުގެ ކުރިން ހުންނެވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ކަމުގެ މަގާމުގައެވެ. ނަސީމަކީ 2008 ވަނަ އަހަރު އެކުލަވައިލެވުނު އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރަށް އެކި ސަރުކާރުތަކުގައި ސަރުކާރުގެ މަތީ މަގާމުތައް ފުރުއްވައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު އޭނާ މަސައްކަތް ކުރައްވައިފައި ވަނީ ވިޔަފާރިއާ ބެހޭ ވުޒާރާގައެވެ. ނަސީމަކީ 1972 ގައި ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރުމުގައި އުޅުއްވި ދެތިން ޒުވާނުންގެ ތެރެއިން އެއް ބޭފުޅެކެވެ.
ސިއްޚީ ދާއިރާ ވިއްކަން ފަސޭހަކުރަން މީހަކަށްވެސް ވެދާނެ.